Indian Prime Minister Narendra Modi / ސޯޝަލް މީޑިއާ
ދުނިޔެ
ޖީ 7 ސަމިޓުގައި ބައިވެރި ވުމަށް މޯދީއަކަށް ދައުވަތު ނުދޭ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
05 ޖޫން 2025
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކެނެޑާގައި ބާއްވާ ގްރޫޕް އޮފް ސެވަން ސަމިޓްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަމުގެ މައުލުމާތު ލިބިއްޖެ އެވެ.

ފާއިތުވި ހަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސަމިޓަކަށް ވާއިރު، މިއީ އިންޑިޔާ އާއި ކެނެޑާއާއި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ކަމުގެ އިޝާރާތެކެވެ.

ނިއު ދިއްލީގެ އޮފިޝަލުން ބުނާ ގޮތުގައި ޖޫން މަހުގެ 15 އިން 17 އަށް ބާއްވާ ސަމިޓަށް ބޮޑުވަޒީރަށް ދައުވަތު ދީފައެއް ނުވެ އެވެ. އަދި މެމްބަރު ނޫން ގައުމުތަކަށް ދައުވަތު ދިނުމަކީ ހޯސްޓް ކުރާ ގައުމަށް ލިބިގެންވާ އިހްތިޔާރެއް ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނީ މީހުން މެރުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި މޯދީގެ ސަރުކާރުން ބައިވެރިވާ ކަމަށް ބެލެވޭތީ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved