March 18, 2026
Advertisement
Indian Prime Minister Narendra Modi
Indian Prime Minister Narendra Modi / ސޯޝަލް މީޑިއާ

ޖީ7 ސަމިޓުގައި ބައިވެރިވުމުގެ ދައުވަތު މޯދީއަށް ދިފައި ނުވޭ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 5, 2025, 09:32 PM
މާލެ ސިޓީ

ކެނެޑާގައި ކުރިއަށްދާ ގްރޫޕް އޮފް ސެވަން ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ފާއިތުވި ހަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސަމިޓަކަށް ވާއިރު، މޯދީ އަށް ދައުވަތު ނުލިބުން އެއީ އިންޑިޔާ އާއި، ކެނެޑާއާއި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެ އެވެ.

ދެ ގައުމުގެ ގުޅުން ހީނަރުވެފައި ވަނީ ކެނެޑާއަށް އަމާޒުވެފައިވާ، މީހުން މެރުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި މޯދީގެ ސަރުކާރުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މި ދެބަސްވުން ފެށުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކެނެޑާގެ ރައްޔިތެއް ކަމަށްވާ މަޝްހޫރު ސިކް އެކްޓިވިސްޓް ހަރްދީޕް ސިންގް ނިއްޖާރު މަރާލުމުގެ ފަހަތުގައި ވަނީ އިންޑިއާގެ އޮފިޝަލުން ކަމަށް އޭރުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރެއްވުމުންނެވެ.

އިންޑިއާ ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްގެ ގޮތުގައި ލޭބަލްކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved