April 4, 2026
Advertisement
ފުނަދޫ އެއާޕޯޓު
ފުނަދޫ އެއާޕޯޓު / ސޯޝަލް މީޑިއާ

ފުނަދޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 8, 2025, 08:27 PM
މާލެ ސިޓީ

ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ވަގުތީ ގޮތުން އެއާޕޯޓުގެ ހިދުމަތް މެދުކެނޑި ފައި ވީނަމަވެސް، މިހާރު އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނި (އާރުއޭސީއެލް)އިން ބުނެފި އެވެ.

Advertisement

ފުނަދޫ އެއާޕޯޓުގެ ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މިހާރު މެނޭޖްމަންޓުން ހަވާލުވިއިރު ވެސް، ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔާ ވެހިކަލްތަކެއް ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ފަޔާ ޓްރަކް މައްސަލާގައި ފުނަދޫ އެއާޕޯޓުގެ މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފައިވެ އެވެ.

އެއާޕޯޓު އޮޕަރޭޝަނަށް ގެނެޔަސް، ޝެޑިޔުލް ފްލައިޓުތައް އެ އެއާޕޯޓަށް އަދި ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved