April 4, 2026
Advertisement
ފުނަދޫ ރައްޔިތުން ރައީސް ޔާމީންގެ ހުސްގޮނޑި ރައީސް މުއިއްޒަށް ދައްކާލުން.
ފުނަދޫ ރައްޔިތުން ރައީސް ޔާމީންގެ ހުސްގޮނޑި ރައީސް މުއިއްޒަށް ދައްކާލުން. / ސޯޝަލް މީޑިއާ

ފުނަދޫއިން ރައީސް މުއިއްޒަށް: "ތީހޭ ކަލާގެ ޒާތަކީ ވެދިއުން ހެ ބޭވަފާ"

Mariyam Isaadha
މަރިޔަމް އިސާދާ
Feb 27, 2024, 08:11 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދާވާތީ ށ. ފުނަދޫގައި ތިބި ރައީސް ޔާމީޏްގެ ސަޕޯޓަރުން ރައީސް މުހައްމަދު މުއިއްޒަކީ ބޭވަފާތެރިއެއްގެ ގޮތުގައި ސިފަކޮށްފިއެވެ.

Advertisement

އުތުރުގެ ހަތަރު އަތޮޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން، ށ. ފުނަދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ ރައީސް ޔާމީންގެ ހުސްގޮނޑިކޮޅު ދައްކާ ރައީސް ޔާމީން މިނިވަންކުރަންވެވަޑައިގެންނެވި ވައުދު ނުފުއްދާކަން ވެސް ހަނދާން އައުކޮށްދީފައެވެ.

އެގޮތުން ދިވެހި އާޓީސްޓެއްގެ އަމިއްލަ ރާގަކަށް ހަދާފައި ލަވައެއް ކަމަށްވާ ލޯބި ލޯބިން މި ލަވައިގައި ހިމެނޭ "ތީހޭ ކަލާގެ ޒާތަކީ ވެދިއުން ހެ ބޭވަފާ" މިތަން ކޮޅު އަޑު ގަދަ ޖަހާ ބަނދަރު ސަރަހައްދުގައި ރައީސް ޔާމީންގެ ނަންފުޅާއެކު ހުސް ގޮނޑި އުސް ބިނާއަކަށް އަރުވާފައި ހުއްޓެވެ. އަދި ގޮނޑިއަށް ހިޔާ ދިނުމަށް ރައީސް ޔާމީންގެ ނަންފުޅާ އެކު ކުޑައެއްވެސް ނަގާފައި ހުއްޓެވެ.

ފުނަދޫގެ ރައްޔިތުންގެ ވެސް، ރައީސް ޔާމީން މިނިވަން ނުވާތީ ރައީސް މުއިއްޒަށް ނުރުހުން އަމާޒުކޮށް ވައުދުގެ މަތިން ހަނދާން އައު ކޮށްދިފައިވާއިރު މިއީ މިހާރު އެމަނިކުފާނު އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ވަޑައިގެންެވުމުން ރައްޔިތުން ދޭ މެސެޖެކެވެ.

ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމީން ހުންެވީ ނުހައްގުން ޖަލުގައެވެ.

އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދާއި ހުވާ ކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved