April 17, 2026
Advertisement
އަލްޖަޒީރާ އޮފީސް
އަލްޖަޒީރާ އޮފީސް / ސޯޝަލް މީޑިއާ

އަލްޖަޒީރާގެ އޮފީހަށް ސަހްޔޫނީގެ ސިފަިއން ވަދެއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 9, 2025, 12:16 AM
މާލެ ސިޓީ

އަލް ޖަޒީރާ ނޫސް އެޖެންސީގެ އޮފީހަށް ސަހްޔޫނީގެ ސިފައިން އަނެއްކާވެސް ވަދެއްޖެ އެވެ.

Advertisement

ރާމަﷲގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް ސަހްޔޫނީ ސިފައިން ވަދެ، އެތަނުގައި ހުރި ބައެއް މުހިންމު ސާމާނު އަތުލަގެންފައިވެ އެވެ. މިއީ، މިދިޔަ މަހު ސަހްޔޫނީގެ ސަރުކާރުން އަލް ޖަޒީރާގެ ހަރަކާތްތައް އެގައުމުގައި މަނާކުރުމަށްފަހު، އެ އެޖެންސީގެ އޮފީހަށް ސަހްޔޫނީގެ ސިފައިން ވަތް ދެވަނަ ފަހަރެވެ. މީގެ ކުރިން މެއި މަހުގެ 5 ވަނަ ދުވަހުވެސް ވަނީ އެ އޮފީހަށް ވަދެފައެވެ.

ޣައްޒާއަށް ސަހްޔޫނީއިން ދެމުން އަންނަ ހަމަލާތަކާ ދާދި އެއްވަރަކަށް ހުޅަނގު އައްސޭރީގައި ވެސް ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. ސަހްޔޫނީގެ ސިފައިން ދަނީ ކޮންމެ ދުވަހަކުހެން ފަލަސްތީނުގެ ރަށްތަކަށާއި އަވަށްތަކަށް އަރައި، ރެއިޑް ހިންގައި މީހުން ހައްޔަރުކުރަމުންނެވެ.

މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ސަހްޔޫނީއަށް ކުއްލި ހަމަލައެއް ދިނުމާ ގުޅިގެން، ޣައްޒާގައި ސަހްޔޫނީއިން ހިންގަމުން އަންނަ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ އެތައްގުނައަކަށް އަރާފަ އެވެ. އަދި އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ސުންނާފަތި ކޮށްލާފަ އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved