March 18, 2026
Advertisement
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން / ސޯޝަލް މީޑިއާ

އެކްރެޑިޓޭޝަން އާ ނުކުރާ ކޯސްތަކުގެ ހުއްދަ ބާތިލު ކުރަނީ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 18, 2025, 12:15 AM
މާލެ ސިޓީ

2022ވަނަ އަހަރު ހިންގަމުން އައި ކޯށްތައް 2027 ވަނަ އަހަރާއި ހަމައަށް އަލުން ހުއްދަ ނުހޯދާނަމަ އެ ކޯސް ތައް ބާތިލް ވާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ދައުލަދުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ފިޒާނާ ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީވާ ހުރިހާ ތަނަކުން އިންސްޓިޓިއުޓްއެއްގެ ގޮތުގައި ރަޖިސްޓްރީ ވާނަމަ، އެމްއެމްކިއުއެފް ލެވެލް އެކަކުން 10 އަށް ހިންގާ ކޯސްތަކަށް ހުއްދަ ހޯދަންޖެހޭނެކަމަށެވެ.

ކަނޑައަޅާފައި މިވާ އައު އެކްރެޑިޓޭޝަން ގައިޑްލައިންގެ ދަށުން މިހާތަނަށް 565 ކޯހަކަށް އެކްރެޑިޓޭޝަން ދީފައިވާކަމަށާއި، އަދި މި އަހަރުގެ މިހާތަނަށް 132 ކޯހަކަށް އެކްރެޑިޓޭޝަން ދީފައިވާކަމަށް ފިޒާނާ ވިދާޅުވެފައި ވެއެވެ.


މީގެއިތުރުން ފޭސް ޓު ފޭސް ކޮށް ކުރިޔަށް ގެންދިޔުމަށް ހުއްދަދީފައިވާ ކޯހެއް އޮންލައިންކޮށް ކުރިއަށް ގެންދަން އިޝްތިހާރު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ނުލައި އެއްވެސް ކޯހެއް އިޝްތިހާރުކުރުމަކީ މަނާކަމެއްކަމަށް ފިޒާނާ ވިދާޅުވެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved