March 18, 2026
Advertisement
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން / ސޯޝަލް މީޑިއާ

ލަންކާގެ ދެކޮލެޖެއް ސަސްޕެންޑް ކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 18, 2025, 07:30 PM
މާލެ ސިޓީ

ސްރީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމަށް މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސްކޮށްފި އެވެ.

Advertisement

އެެމްކިއުއޭއިން ނެރުނު ނޯޓިސްގައި ބުނެފައިވަނީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ޙާސިލްކުރާ މެޓްރޮޕޮލިޓަން ކޮލެޖާއި، އީސޮފްޓް ކޮލެޖްގެ ހުރިހާ ކެމްޕަހަކަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި ލަންކާގެ ޓީވެޓުން އެ ކޮލެޖްތައް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މަރުކަޒުތަކުގައި ތައުލީމު ހާސިލު ކުރަމުން ދާނަމަ ވީހާވެސް އަވަހަކަށް އެ އޮތޮރިޓީގެ މެއިލް ([email protected]) އަށް އީމެއިލް ކުރުމަށް އެދޭ ކަމުގައި އެމްކިއުއޭ އިން އަންގާފައިވެއެވެ.

ހަމައެއާއެކު މިވަގުތު މި ދެ މަރުކަޒުގެ ޕްރޮގްރާމްތަކަށް ދަރިވަރުން އެންރޯލް ނުވުމަށާއި، ދަރިވަރުން އެ މަރުކަޒުތަކުގައި ރަޖިސްޓްރީ ނުވުމަށް އެމްކިއުއޭ އިން ލަފާ ދީފައިވެއެވެ.
އެމްކިޔުއޭއިން ބުނީ، އެ އޮތޯރިޓީން ގަބޫލުނުކުރާ މަރުކަޒަކުން ސަނަދު ހާސިލުކުރުމުން އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެ އޮތޯރިޓީން ނުނަގާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved