March 22, 2026
Advertisement
ދެ ދިވެއްސެއްގެ އަތުން ފެނުނު ބޭސްތައް ކޮޗިން އެއާޕޯޓު ކަސްޓަމްސްއިން އަތުލާފައި. --
ދެ ދިވެއްސެއްގެ އަތުން ފެނުނު ބޭސްތައް ކޮޗިން އެއާޕޯޓު ކަސްޓަމްސްއިން އަތުލާފައި. -- / އިންޑިއަން އެކްސްޕްރެސް

އިންޑިއާ އެއާޕޯޓަކުން 2 ދިވެހިން ހިފަހައްޓައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 23, 2025, 04:23 PM
މާލެ ސިޓީ

ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ އަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފި އެވެ.

Advertisement

ދި އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެ ގައުމުގެ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން އެ ދެ ދިވެހީން ހުއްޓުވީ ގިނަ އަދަދަކަށް ބޭސް ގެންދާއިރު ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ނެތުމުންނެވެ. އެގޮތުން، އެ މީހުންގެ އަތުގައި ޓެކްނިކަލް އޮފިސާ އޮފް ޑްރަގްސް (ޓީއޯޑީ) ސެޓްފިކެޓާއި ސައްހަ އިމްޕޯޓް، އެކްސްޕޯޓް ލައިސެންސެއް ނެތް ކަމަށް އެ ނޫހުގައި ވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިންޑިއާގެ ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައިވަނީ އެ ދެ މީހުން ގެންދަން އުޅުނީ ފަސް ކާޓަންގެ ބޭސް ކަމަށާއި އެ ބޭހުގެ އަގު ތިން ލައްކަ ރުޕީސް (53,265.37 ރުފިޔާ)އާއި ފަސް ލައްކަ ރުޕީސް (88,775.62 ރުފިޔާ)އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން ބޭސް ހިފެހެއްޓުމަށް ފަހު ދެ ދިވެހީންނަށް ވަނީ ރާއްޖެ އައުމަށް ހުއްދަ ދީފަ އެވެ. ބޭސްތަކުގައި މަސްތުވާތަކެތި ހިމެނޭތޯ ބަލަމުން އަންނަ ކަމަށް ވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ދަތުރު ކުރާ ސިޓީ އެކެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved