theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރަސްމީ ފާލަން އާ ޑިޒައިނަކަށް ހަދައި، ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބައިވެރިވެވަޑައިގަންނަވަނީ - / ރައީސް އޮފިސް
ހަބަރު
ގުޅިފަޅުން ދޭ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައި ކަމަށް މި ސަރުކާރުން އެއްބަސްވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖުލައި 2025
މާލެ ސިޓީ

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަވަސްވުމަށް މި ސަރުކާރުން ބަދަލު ގެނެސްފައިވަާ ގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކަށް ހަދާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ކަންބޮޑުވާ ގޮތަށް ކަމަށް ވާހަކަ ދެކެވޭތީ، އެކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ "ބިންވެރިޔާ" ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހޭނީ ގާނޫނާ ފުށު ނާރާ ގޮތަށް ކަމަށް ވާތީ ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނަނީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކަށް އެއްރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދޫ ނުކުރެވޭނެ ކަމަށެވެ. މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ގާނޫނުގެ ދަށޫން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށްވެސް ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ،

- މުއްތަލިބް

ހައުސިން މިނިސްޓްރީން ބުނީ މި ބަދަލާ އެކު ގޯތި ލިބޭ މީހުންނަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށެވެ. އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިފައިވާތީ، އާ ރަޖިސްޓްރީ އާއި އެއްބަސްވުން އެޕޮއިންޓުމެންޓު އުސޫލުން މިއަދުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށެވެ.

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.

ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އާ އެއްބަސްވުމުގައި ގޯތި ލިބުނު މީހުން ސޮއިނުކުރަން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން މިއަދު ވަނީ އެދިފަ އެވެ.

ގުޅީފަޅު އެސޯސިއޭޝަންގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ގުޅީފަޅުގެ ގޯތީގެ މައްސަލައިގައި މި ސަރުކާރުން ނިންމާފައިވާ ނިންމުންތައް ގާނޫނުތަކާއި އުސޫލުތަކާއި ހިލާފުވެފައިވާތީ، އެ ނިންމުން އެގޮތަށް ބާއްވައިފިނަމަ މަދަނީ ބަދަލާއެކު ރައްޔިތުންނަށް ގެއްލުމުގެ ބަދަލު ވެސް ހޯދޭނެ ކަމަށެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އެ ގޯތި ތަކުގެ ވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved