April 30, 2026
Advertisement
ނިއުދިއްލީގެ ސްކޫލުތައްކައިރީ ފުލުހުން ހަރަކާތްތެރިވަނީ
ނިއުދިއްލީގެ ސްކޫލުތައްކައިރީ ފުލުހުން ހަރަކާތްތެރިވަނީ / ސޯޝަލް މީޑިއާ

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ 3 ސްކޫލަކަށް ބޮމުގެ އިންޒާރުދީފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 15, 2025, 10:03 PM

އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ ތިން ސްކޫލަކަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ބޮމުގެ އިންޒާރު ދީފިއެެވެ.

Advertisement

މި އިންޒާރު ދީފައިވަނީ އިއްޔެ ހެނދުނު 08:00 ހާއިރު ހަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މީގެ އިތުރުން އިންޑިޔާގެ އިމަޖެންސީ ސާވިސް އިން އެކަމުގައި ހަރަކާތްތެރިވެފައި ވާކަމަށް ދިއްލީ ފުލުހުން ބުނެއެވެ.

ފުލުހުންގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބޮމުގެ އިންޒާރުގެ ކޯލުތަކާއި އީމެެއިލްތައް ދިއްލީގެ ސީއެފްއާރް ސްކޫލްތަކަށް ލިބިފައިވެއެވެ. ސީއެފް އާރް ސްކޫލްތަކަކީ އިންޑިއާގެ ފުލުހުން ހިންގާ ސްކޫލުތަކެކެވެ. ބޮމުގެ އިންޒާރު ލިބިފައިވަނީ ދިއްލީގެ ޕްރަސަންތް ވިހާރް އާއި ދިވާކާ ސެކްޓާ 16 ގެ އިތުރުން ޗަނާކްޔަޕޫރީ ސަރަހައްދުތަކުގައި ހުރި ސްކޫލްތަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ބޮމުގެ އިންޒާރު ލިބުމާއެކު އެ ސްކޫލުތައް ހިމެނޭ ސަރަހައްދުތައް ބަންދުކޮށް ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދުތަކުގައި ހަރަކާތެރިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ދިއްލީގެ ފުލުހުންގެ އޮފިޝަލުން ވަނީ ބޮމުގެ އިންޒާރު ލިބުނު ސްކޫލުތަކާއި އެ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުން ބޮމެއް ނުވަތަ އެފަދަ އެއްޗަކާ ގުޅޭ އެއްވެސް އެހެން އެއްޗެއްވެސް ފެނިފައި ނުވާކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved