

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އޮފިޝަލުން އަދަބު އިހުތިރާމް އަދާކުރަން ޖެހެނީ ވަކި ގައުމެއްގެ ޑިޕްލޮމެޓުންނަށްތޯ، ރާއްޖޭގެ ފަރާތުން މީގެ ކުރިން އިންޑިއާގައި ރާއްޖޭގެ ޑިޕްލޮމެޓެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޮންސިއުލްގައި ހުންނެވި، އަލީ އާދަމް ސުވާލު އުފައްދަވައިފިއެވެ.
އަލީ އާދަމް މިފަދައިން ސުވާލު އުފެއްދެވީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހޯމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި ހުރި ކުރިގެ ނޫސްވެރިޔާ ފާތިމަތު ރިފާތު ލަންކާގެ ރައީސަށް ކުޑަމީސްވާ ގޮތަށް ލިޔެ ކޮށްފައިވާ ޕޯސްޓެއް ހިއްސާކުރައްވާ އަލީ ވިދާޅުވީ، ފޮރިން ހައި ޕްރޮފައިލް މެހެމާނުންނަށް މި ސަރުކާރުގެ އޮފިޝަލުން އިހުތިރާމް އަދާ ކުރާ ގޮތަކީ އެއީ ތޯއެވެ.
މީގެ އިތުރުން ލަންކާގެ ރައީސަށް ކުޑަ މީސްކޮށް ސަރުކާރުގެ އޮފިޝަލަކު އެފަދައިން ޕޯސްޓު ކުރެއްވީ އެއީ އިންޑިއާގެ މެހެމާނަކަށް ނުވާތީ ތޯ ވެސް އަލީ ވަނީ ސުވާލު އުފައްދަވާފައެވެ.
އަލީ އާދަމް މިފަދައިން ޕޯސްޓު ކުރެއްވުމުން ރިފާތު ވަނީ ކުރިން ބުނި އެތި ކެންސަލްކޮށް އޭނާގެ ޕޯސްޓުގައި ލިޔުނު ލިޔުން ކޮޅު ބަދަލުކޮށްފައެވެ.
މި ސަރުކާރަކީ އިންޑިއާއާ ވަކިން ގާތް ގުޅުމެއް އުފައްދަން އުޅޭ ސަރުކާރެއް ނަމަވެސް މިއީ އިންޑިއާ އައުޓު ގޮވަމުން އައި ސަރުކާރެކެވެ. އިންޑިއާ އަކީ އެގައުމުގައި ދިރިއުޅެމުން ދިޔަ އެތައް ދިވެހިންނަށް ދުއްތުރާ ޖައްސާ ވިސާ ނުދީ ދިވެހި ކިޔަވާ ކުދިން ބިކަކުރި ގައުމެކެވެ.
ދާދި ފަހުން ލަންކާއިން ވަނީ ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޭން ނިންމާފައެވެ.