May 20, 2026
Advertisement
ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހާމަކުރުމަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ، މިނިވަން މުއައްސަސާތަކުގެ ޒިންމާއެއް: އަލީ އާދަމް
ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހާމަކުރުމަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ، މިނިވަން މުއައްސަސާތަކުގެ ޒިންމާއެއް: އަލީ އާދަމް / ތޭރަ އޮންލައިން

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހާމަކުރުމަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ، މިނިވަން މުއައްސަސާތަކުގެ ޒިންމާއެއް: އަލީ އާދަމް

May 17, 2026, 01:47 AM
މާލެ ސިޓީ

ގައުމުގައި އެކި ސަރުކާރުތަކުގައި ހިނގާފައި ހުރި ގޮތް ނޭނގޭ މަރުތަކުގެ ޒިންމާ ނަގަން ޖެހޭނީ އޭރެއްގެ ވެރިން ކަމަށް ބުނާ ފަލްސަފާއެއް ދިވެހިރާއްޖޭގެ ބައެއް މީޑިޔާތަކުން ގެންގުލެމުންދާތީ އެކަމަށް، އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް ރައްދު ދެއްވައިފިއެވެ.

Advertisement

އަލީ، އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގައި މީހަކު ހުންނަ ދުވަސްވަރު ގައުމުން ގޮތް ނޭގޭ ގޮތަށް މީހަކު ނިޔާވެ މިދުނިޔެ ދޫކޮށްފިނަމަ، ވެރިކަމުގައި ހުންނަ މީހާ ޒިންމާވާން ޖެހޭނޭ ބުނާ ބަޔަކު އެބަފެންނަ ކަމަށާ އެހަމައިން އެހެން ކަންކަމަށް ނަޒަރު ހިންގާަލާަނަމަ ކަން ވާން ޖެހޭނެ ގޮތް އަލީ ވަނި އޭނާގެ ނަޒަރުގައި ވިދާޅުވެދެއްވާފައެވެ.

އެގޮތުން، ރައްޔިތުންގެ މުދަލާއި، ސަރުކާރު އޮފީސްތަކުގައި އަލިފާން ރޯވެ އެނދުމާއި، މަގުމަތީ ހިނގާ އެކްސިޑެންޓުތަކާއި ޑައިވިނަށް ގޮސް ދިމާވާ ގޮތަކުން މިދުނިޔެ ދޫކުރާ ބައެއްގެ ޒިންމާވެސް އެއިރެއްގައި ހުންނަ ވެރިޔަކު ނަގަންޖެހޭނެ ނޫންބާ އޭ އައްސަވާ އަލީ ވަނީ، އެހެންކަމުގައި ވަނީ ނަމަ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ މިނިވަން މުއަސްސަސާތަކާއި ތަހުގީގީ ވުޒާރާތަކުގައި ތިއްބަވާ ބޭފުޅުންގެ އޮތީ ކޮންޒިންމާއެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.

އެ ސުވާލު އަމާޒުކޮށްފައިވަނީ، ގައުމުގައި އޮތް ކަމަށް ބުނާ އެ ނިޒާމުގައި މިނިވަން މުއައްސަސާތަކާ ތަހުގީގީ އިދާރާތަކުގެ ޒިންމާއަކީ ކޮބާތޯ ހިތަށް އަރާތީ ކަމަށް ވިދާޅުވެ އަލީ ވަނީ ކަމެއް ހިނގައިފި ނަމަ، އެކަމެއް ހިނގާ ދިޔަ ގޮތް ލަސްނުކޮށް ހާމަކޮށްދިނުމާ އިންސާފު ލިބެން ޖެހޭ މީހުންނަށް ނުވަތަ ބަޔަކަށް އިންސާފު ހޯދައިދިނުން އެއީ އެ މުއައްސަސާތަކުގެ ވާޖިބަކަށް ނުވޭބާ އޭވެސް އޭނާގެ ހިތަށް އަރާކަން ހާމަކޮށްފައެވެ.

ޕޯސްޓު ނިންމަވާލައްވަމުން އަލީ ވަނީ، އެ މުއައްސަސާތުގައި އެ ތިބޭ ހުރިހާ އެންމެން ވެސް އެ ތިބެނީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ކަމަށްވާއިރު، ކޮންމެހެން ރައްޔިތުންގެ ފައިސާއިން އެމީހުންނަށް މުސާރަ ދޭން،ރައްޔިތުންނަށް އެމީހުންގެ ބަލަދު އަރާފަ އޮންނަނީ ތޯވެސް އައްސަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved