April 17, 2026
Advertisement
-
- / ސީ.އެން.އެން

މޯދީ ރަޝިޔާގެ ތެޔޮ އެތެރެކުރަމުން ގެންދާތީ ޓްރަމްޕް އިންޑިއާއަށް 50% ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 7, 2025, 04:50 AM
މާލެ ސިޓީ

އެމެރިކާގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށްވާ އިންޑިއާ އަށް ބޮޑެތި ޓެރިފްތަކެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާއިރު ރަޝިއާއިން ތެލާއި ގޭސް އެތެރެކުރުމުގެ ނަތީޖާއެއްގެ ގޮތުން މި މަހުގެ ފަހުކޮޅު އަމަލު ކުރަން ފަށާ 25 ޕަސެންޓްގެ ތާރިފްގެ އިތުރުން އިތުރު 25% ތާރިފެއް ނެގުމަށް ޓްރަމްޕް އިއުލާންކޮށްފިއެވެ.

Advertisement

މި ޖޫރިމަނާތަކުގެ ސަބަބުން އެމެރިކާއިން އިންޑިއާ އަތުން ނަގާ ޖުމްލަ ތާރިފް 50 އިންސައްތައަށް އުފުލިގެންދާނެކަމަށާއި، މިއީ އެމެރިކާއިން ނަގާ އެންމެ ބޮޑު އެއް ރޭޓް ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާއިން ރަޝިޔާގެ މާކެޓްތަކުން ނިއުކްލިއާ އާލާތްތަކާއި ތެލާއި ގޭސް ގަތުމުގެ ސަބަބުން ޓްރަމްޕް ނިންމެވި މި ނިންމުމުގެ ސަބަބުން އިންޑިއާއަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހިގެންދާނެއެވެ.

ޓްރަމްޕް މިފަދައިން ނިންމަވާފައިވާއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޗައިނާއަށް ރަސްމީ ދަތުރެއް މި މަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

ޗައިނާ އަދި އެމެރިކާއަކީ އަބަދުވެސް ކޯޅުން ބޮޑު ދެ ގައުމަކަށް ވާއިރު މޯދީގެ މި ދަތުރުގެ ސަބަބުން އިތުރު ދަތިތައް އެމެރިކާއިން އިންޑިއާއަށް އެޅުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved