March 22, 2026
Advertisement
މުއިއްޒު އަދި މޯދީ
މުއިއްޒު އަދި މޯދީ / ތޭރަ އޮންލައިން

މޯޑީ ވޯޓުން ކުރި ވައްކަން ފަޅާއަރާ އިންޑިއާގައި ވަރުގަދައަށް މުޒާހަރާތައް ކުރަން ފަަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 11, 2025, 11:00 PM
މާލެ ސިޓީ

2024 ވަނަ އަހަރުގައި އިންޑިއާގެ ބޮޑު ވަޒީރުކަމުގެ އިންތިޚާބުގެ ވޯޓުން ނަރެންދްރަ މޯދީ ވައްކަން ކުރިކަން ފަޅާއެރުމުން އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ވަރުގަދައަސް މުޒާހަރާ ކުރަން ފަށައިފިއެވެ.

Advertisement

މޯޑީ ވޯޓުން ވައްކަން ކުރިކަން ފަޅާއަރާފައިވަނީ އިދިކޮޅު ޕާޓީއިން އެ އިންތިހާބުގެ ވޯޓުލީ މީހުންގެ ތަފްސީލާ އަދި އަދަސު ހޯދަން އެދުމުނ އިލެކްޝަންސް ކޮމިޝަނުން ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ހިއްސާ ކުރި ފޯމުތައް އިވެލިއޭޓުކޮށް ހާމަކުރި މައުލޫމާތުންނެވެ.

2004 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލި ފަރާތްތަކުގެ ލިސްޓް އާންމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ދެކޮޅު ހަދަމުން ކަމަށް އައިއެންސީ އިން ބުނެފައިވާއިރު ފޭކް އެޑްރެސްތަކުގައި 40،000 ހާހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށް ވޯޓު އެޅިކަމަށް އިދިކޮޅުން ހާމަކޮށްފައިވާއިރު އެއްފަހަރަށް ވުރެ ގިނައިން އެތައް ހާސް ބަޔަކު ވަނީ ވޯޓު އަޅާފައިވާކަން އިލެކްޝަން ކޮމިޝަނުން އެ ޕާޓިއާ ހިއްސާކުރި ވޯޓު ކަރުދާސްތަކުގެ ތަފްސީލުން ހާމަވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މޯޑީ ވަނީ ވޯޓު އޮޅުވާލާފައިކަން ފެންނަން ހުރި ސާބިތު ހެކިން އެނގެން އޮތުމުން އެ ގައުމުގެ އެތައް ބަޔަކު ގެންދަނީ މަގުތަކަށް ނުލުމެ މޯޑީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދިނުމަށް ގޮވަމުންނެވެ.

މޯޑީގެ މައްޗަށް ވޯޓު އޮޅުވާލިކަމުގެ ތުހުމަތު އެ ގައުމުގެ ރައްޔިތުން ކުރަމުން ގެންދާއިރު 2018 ވަނަ އަހަރު ދިވެހި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި، ރައްޖޭގެ އިލެކްޝަން ކޮމިޝަނާ ގުޅިގެން މޯޑީގެ ބީޖޭޕީ ސަރުކާރުން ވަނި އިންތިހާބު އޮޅުވާލާ ރައީސް އަބްދުﷲ ޔާމީންއަށް ލިބުނު ވޯޓު އޮޅުވާލާފައިކަމަށް ގިން ބަޔަކު ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved