March 18, 2026
Advertisement
Modi hugging Muizzu
Modi hugging Muizzu / ސޯޝަލް މީޑިއާ

އިންޑިއާގެ މުޒާހަރާތައް ހޫނުވެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 11, 2025, 11:12 PM
މާލެ ސިޓީ

2024 ވަނަ އަހަރުގައި އިންޑިއާގެ ބޮޑު ވަޒީރުކަމުގެ އިންތިޚާބުގެ ވޯޓުން ނަރެންދްރަ މޯދީ ވައްކަން ކުރިކަން ފަޅާއެރުމުން އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ވަރުގަދައަށް ކުރަމުްނދާ މުޒާހަރާތަކުގެ ތެރެއިން އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފިއެވެ.

Advertisement

އިންޑިއާގެ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާހުލް ގާންދީ ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލިސް ކުރާ ގެއިން ނިކުމެގެން އިލެކްޝަން ކޮމިޝަނަށް ދިއުމަށް ހިނގަމުން ދަނިކޮށެވެ.

ރާހޫލްގެ އިތުރުން ލޮކް ސަބާގައި ތިއްބާ އިދިކޮޅު މެމްބަރުން ކަމަށް ވާ ޕްރިކޔަންކާ ގާންދީއާ މަލިކާ އަރުޖުން ކަރުގޭ ވެސް ވަނީ މި އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައެވެ.

މޯޑީ ވޯޓުން ވައްކަން ކުރިކަން ފަޅާއަރާފައިވަނީ އިދިކޮޅު ޕާޓީއިން އެ އިންތިހާބުގެ ވޯޓުލީ މީހުންގެ ތަފްސީލާ އަދި އަދަދު ހޯދަން އެދުމުން އިލެކްޝަންސް ކޮމިޝަނުން ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ހިއްސާ ކުރި ފޯމުތައް އިވެލިއޭޓުކޮށް ހާމަކުރި މައުލޫމާތުންނެވެ. އެގޮތުން ދެކުނުގެ ސްޓޭޓެއް ކަމަށް ކަރްނާޓަކާގައި އެކަނިވެސް މޯޑީގެ ނުފޫޒުން ވަނީ 1 ލައްކައަށް ވުރެ ގިނަ ފްރޯޑް ވޯޓު އަޅާފައިކަން ހާމަވެފައިވެއެވެ.

2004 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލި ފަރާތްތަކުގެ ލިސްޓް އާންމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ދެކޮޅު ހަދަމުން ކަމަށް އައިއެންސީ އިން ބުނެފައިވާއިރު ފޭކް އެޑްރެސްތަކުގައި 40،000 ހާހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށް ވޯޓު އެޅިކަމަށް އިދިކޮޅުން ހާމަކޮށްފައިވާއިރު އެއްފަހަރަށް ވުރެ ގިނައިން އެތައް ހާސް ބަޔަކު ވަނީ ވޯޓު އަޅާފައިވާކަން އިލެކްޝަން ކޮމިޝަނުން އެ ޕާޓިއާ ހިއްސާކުރި ވޯޓު ކަރުދާސްތަކުގެ ތަފްސީލުން ހާމަވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މޯޑީ ވަނީ ވޯޓު އޮޅުވާލާފައިކަން ފެންނަން ހުރި ސާބިތު ހެކިން އެނގެން އޮތުމުން އެ ގައުމުގެ އެތައް ބަޔަކު ގެންދަނީ މަގުތަކަށް ނުލުމެ މޯޑީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދިނުމަށް ގޮވަމުންނެވެ.

މޯޑީގެ މައްޗަށް ވޯޓު އޮޅުވާލިކަމުގެ ތުހުމަތު އެ ގައުމުގެ ރައްޔިތުން ކުރަމުން ގެންދާއިރު 2018 ވަނަ އަހަރު ދިވެހި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި، ރައްޖޭގެ އިލެކްޝަން ކޮމިޝަނާ ގުޅިގެން މޯޑީގެ ބީޖޭޕީ ސަރުކާރުން ވަނި އިންތިހާބު އޮޅުވާލާ ރައީސް އަބްދުﷲ ޔާމީންއަށް ލިބުނު ވޯޓު އޮޅުވާލާފައިކަމަށް ގިން ބަޔަކު ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved