

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ އެމްއެޗްއޭއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެކަތި ގަތުުމުން އިތުރު އެއްޗެއް ހިލޭ ލިބޭ ޕްރޮމޯޝަންގައި ހިމެނޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނެނީ އޮޓޯގީ ކިމްޗީ ރާމެން 120 ގްރާމް، އޮޓޯގީ ޖިން ރާމެން ސްޕައިސީ ތަށި 110 ގްރާމެވެ.
ދޭތި ގަތުމުން އެކަތި ހިލޭ ޕްރޮމޯޝަންގެ ތެރޭގައި ހިމެނެނީ އޮޓޯގީ ބްރޭންޑްގެ ނޫޑްލްސްއެވެ. މިގޮތުން އޮޓޯގީ ޗީޒް ރާމެން 111 ގްރާމް، އޮޓޯގީ ޗީޒް ރާމެން ތަށި 90 ގްރާމް، އޮޓޯގީ ޖިން ރާމެން މައިލްޑް 120 ގްރާމް، އޮޓޯގީ ސްޓިރް ފްރައި ޗީޒް ރާމެން 120 ގްރާމް، އޮޓޯގީ ޔެއުލް ރާމެން 120 ގްރާމެވެ. މީގެ އިތުރުން ޕްރޯސްވީޓް ޑޯނަޓް ކޭކް ސްޓްރޯބެރީ 40 ގްރާމާއި ޕްރޯސްވީޓް ސްނޯ ކޫލް ސްނޯބޯލް ކޭކް 40 ގްރާމާއި ޕްރޯސްވީޓް އަސޫ މާޝްމެލޯ ކޭކް ކޮނޮނަޓް 40 ގްރާމް އަދި ސަޕޯރީ ކަންޓުކިނީ ޑާކް ޗޮކޮލެޓް ބިސްކޮޓީ 175 ގްރާމްވެސް ދޭތި ގަތުމުން ވެސް އެކަތި ހިލޭ ލިބިގެން ދާނެކަމަށް އެމްއެޗްެއޭ އިން ވަނީ ބުނެފައެވެ.
އެމްއެޗްއޭގެ ފިހާރަތައް މާލެ އާއި ހުޅުމާލޭގައި ހުންނައިރު މިއީ ފުޅާދާއިރާއެއްގައި ދިވެހިންނަށް ހޯލްސޭލްކޮށް ވިޔަފާރިކުރާ ކުންފުންޏެކެވެ.