April 3, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

އިންޑިއާއިން އިސްލާމްދީން ފުހެނުލެވޭނެކަމަށް ހަރުކަށި އާރްއެސްއެސްގެ ލީޑަރު އެއްބަސްވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 31, 2025, 12:36 AM
މާލެ ސިޓީ

އިންޑިއާއިން އިސްލާމްދީން ފުހެނުލެވޭނެކަމަށް ހަރުކަށި އާރްއެސްއެސްގެ ލީޑަރު އެއްބަސްވެއްޖެއެވެ.

Advertisement

އާރްއެސްއެސްގެ ލީޑަރު މޯހަން ބަގަވަތު ވިދާޅުވީ އިސްލާމްދީނަކީ ޒަމާނުއްސުރެ އިންޑިއާގައި އޮންނަ ދީނެއް ކަމަށާއި އޭރުއްސުރެ މިއަދާއި ހަމައަށްވެސް އިސްލާމްދީން އޭގެ ފުރިހަމަ ކަންމަތީ އިންޑިއާގައި އަދިވެސް އޮންނާނެ ކަމަށެވެ.

އިންޑިއާއިން އިސްލާމްދީން ފޮހެލެވޭނެ ކަމަށް ވިސްނާ މީހުންނަކީ ހިންދޫ ވިސްނުމުގެ ބަޔެއް ނޫން ކަމަށްވެސް ބަގަވަތު ވިދާޅުވިއެވެ.

އިންޑިއާއިން އިސްލާމްދީން ފޮހެލެވޭނެ ކަމަށް ވިސްނާ މީހުންނަކީ ހިންދޫ ވިސްނުމުގެ ބަޔެއް ނޫން. ކުރިންވެސް އިސްލާމްދީން އޮތް، މިހާރުވެސް އެބައޮތް ދެންވެސް އިސްލާމްދީން އިންޑިއާގައި އޮންނާނެ

ބަގަވަތު އިންޓަވިއުގައި ބުނެފައިވެއެވެ.

އާރްއެސްއެސްގެ ސަތޭކަ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާރްއެސްއެސްގެ ލީޑަރު މޯހަން ބަގަވަތު ވިދާޅުވީ ދީނަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރެއް ކަމަށާއި އެކަމުގައި އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނުވާނެ ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަކީ ފާޅުގައި މުސްލިމުން މަރަން ގޮވާލާ، އަދި މުސްލިމުން މަރަން ވާގިވެރިވަމުން އަންނަ ފަރާތެކެވެ. އިންޑިއާގައި އެތަކެއް މުސްލިމުން ދިރިއުޅެމުންދާއިރު މޯދީ އަންނަނީ މުސްލިމުންނަށް ވަކިން ޚާއްސަކޮށް އެތަކެއް ތަކުލީފުތައް ކުރިމަތި ކުރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved