theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އޮލިމްޕަހުގައި "ކަނބުލޮ" އަޅުވައިފި, ބެލި މީހުން ބުނީ މޮޅު ފިލްމެއް ކަމަށް / ސޯޝަލް މީޑިއާ
ހަބަރު
އޮލިމްޕަހުގައި "ކަނބުލޮ" އަޅުވައިފި، ބެލި މީހުން ބުނީ މޮޅު ފިލްމެއް ކަމަށް!
Mariyam Isaadha
މަރިޔަމް އިސާދާ
02 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ކުލަގަދަ ހަފްލާއެއްގައި ދިވެހި ފިލްމް "ކަނބުލޮ" އޮލިމްޕަހުގައި ރޭ ޕްރިމިއަރ ކޮށްފިއެވެ.

ސެޓަރން ސްޓޫޑިއޯއާ ކިޑްޕްރޮޑަކްޝަން ގުޅިގެން އުފެއްދި މި ފިލްމު ލައުންޗް ކޮށްދެއްވީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޕްރޮޑިއުސްކުރައްވާފައިވާ އަދި އެންމެ ބޮޑު އަމިއްލަ ސްޓޫޑިއޯގެ ގޮތުގައި ފެނުނު ސްލޭމް ސްޓޫޑިއޯގެ ވެރިޔާ އަސްލަމް ރަޝީދުއެވެ.

"ކަނބުލޮ"ވެގެން ދިޔައީ މި އަހަރު ބެލުންތެރިން އެންމެ އިންތިޒާރު ކުރި އެއް ފިލްމަށެވެ.

މި ދެ ސްޓޫޑިއޯ ގުޅިގެން މިދިޔަ އަހަރު ނެރުނު "ކަމަނަ"ގެ ކާމިޔާބަށްފަހު އެޅުވި މި ފިލްމާމެދު ބެލުންތެރިންގެ އުއްމީދު ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ފިލްމުގެ ވާހަކައަކީ ހަގީގީ ހާދިސާއަކަށް ވުމެވެ.

މިއީ 2009 ވަނަ އަހަރު ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު "ޔުކްތާ" ވާހަކަ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.

ފިލްމު އެޅުވި އިރުވެސް ގިނަ ޝޯތަކެއް ހައުސްފުލް ވެފައިވާ މި ފިލްމުގެ އިތުރު ޝޯތައް ހަފްތާ ބަންދު ދުވަސްތަކާއި ދަންވަރުގެ ޝޯތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ސަތޭކައަށްވުރެ ގިނަ ރަށާއި ބައެއް ރިޒޯޓްތަކާއި އަވައްޓެރި ސްރީލަންކާގައި ވެސް ފިލްމު އަޅުވާނެ ދުވަސްތައް މިހާރުވަނީ އިއުލާނުކޮށްފައެވެ.

މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތައް ފިލުމުންފެނިފައިވެއެވެ. އަދި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ފިލްމުގައި ހިމަނާފައިވެއެވެ.

ހުސެން މުނައްވަރު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެނިފައިވަނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދުގެ އިތުރުން މަރިޔަމް ޝަކީލާއެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރި ހަތަރުވަނަ ފިލްމެވެ.

"ކަނބުލޮ" ފިލްމު ހުށަހަޅައިދޭ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެރުނު "ކަމަނަ"ވެސް ވަނީ 200 އަށްވުރެ ގިނަ ހައުސްފުލް ޝޯ ބާއްވާފައެވެ.

ފިލްމު ބެލި މީހުން ބުނާ ގޮތުގައި މިއީ ހިތްތައް ރޮއްވާލި މޮޅު ފިލްމެކެވެ. ފިލުމުގެ ޓިކެތު މިހާރުވެސް އޮލިމްޕަހުން ލިބެން އެބަ ހުއްޓެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved