theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ތަރުހީބު ބޮޑުވެ މާލެ އާއި އަތޮޅު ތެރޭ ހިމެނޭހެން ކަނބުލޮގެ 56 ޝޯ އަޅުވަނީ!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ތަރުހީބު ބޮޑުވެ މާލެ އާއި އަތޮޅު ތެރޭ ހިމެނޭހެން ކަނބުލޮގެ 56 ޝޯވ އެއް ހަފްތާ ބަންދުގައި އަޅުވަން ސެޓާން ސްޓޫޑިއޯއިން ނިންމައިފިއެވެ.

މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި ދިވެހި ފިލްމް "ކަނބުލޮ" އަށް ތަރުޙީބު ބޮޑުވެ މިހާރުވެސް އޮލިމްޕަހުގައި ރޭގަނޑު އަދި ދަންވަރު ހައުސްފުލް ޝޯތަކެއް ދައްކަމުންދާ ކަމަށް އެ ސްޓޫޑިއޯއިން ހާމަކޮށްފައިވެއެވެ.

ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، މި ހަފްތާ ބަންދުގައި އެކަނިވެސް މާލެ އާއި އަތޮޅު ތެރޭ ހިމެނޭހެން 56 ޝޯ އަޅުވައެވެ.

މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

މި ޝޯގެ ޓިކެޓް މިއަދު 13:00 އިން ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބޭނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved