

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯ އައިމިނަތު ސޫޒަން އެ މަގާމުން އިސްތިއުފާ ދީފިއެވެ.
އިސްތިއުފާ ދިންކަން ހާމަކޮށް ސޫޒަން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާ މަގާމުން އިސްތިއުފާދިނީ މަސައްކަތުގެ މާހައުލުން ވަރަށް ބޮޑަށް ދުރަށް ޖެހި އަމިއްލަ ވަގުތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން "ބްރޭކެއް" ނަގަން ވަރަށް ބޮޑަށް ބޭނުންވެ ވަކިން ޚާއްސަކޮށް އަމިއްލަ ޕްރޮޖެކްޓުތަކަށް އިސްކަން ދިނުމަށް ބޭނުންވާތީ އިސްތިއުފާދެއްވީ ކަމަށް އޭނާގެ އިސްތިއުފާ ސިޓީގައި ވެއެވެ.
ސޫޒަންގެ އިސްތިއުފާއާ ގުޅިގެން މަޓާޓޯއިން ބުނީ، އޭނާގެ ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ހޯދަން މަގުފަހިވި ކަމަށެވެ.
ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ސޫޒަން މަޓާޓޯގެ ސީއީއޯއަކަށް އައްޔަނުކުރީ ޖެނުއަރީ 27، 2024ގައެވެ.