May 10, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް

Yana Shareef
ޔާނާ ޝަރީފް
May 10, 2026, 03:23 PM

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މިދިޔަ މާރިޗު މަހުން ފެށިގެން މިހާތަނަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަމަށް މަޓާޓޯ އަދި އެންއެޗްގޭމް އިން ހާމަކޮށްފިއެވެ.

Advertisement

މި ދެ ޖަމުޢިއްޔާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނަށް ދެވުނު ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވާން މެދުވެރިވި މައިގަނޑު ސަބަބެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.4 އިންސައްތަ ދަށްވެފައިވާއިރު، ކުރިއަށް ހުރި ދުވަސްތަކުގެ ބުކިންތައް މަދުވުމާއި ކެންސަލޭޝަންތައް އިތުރުވުމަކީ ސިނާޢަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދުގެ މައިބަދަ ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގެސްޓްހައުސްތައް ބަނގުރޫޓުވުމުގެ ބިރު އޮތުމުން، ސަރުކާރާއި މާލީ އިދާރާތަކުން ވަގުތުން ފިޔަވަޅު އެޅުމަށް އެ ޖަމުޢިއްޔާތަކުން ވަނީ ގޮވާލާފައެވެ. އެގޮތުން ވިޔަފާރިތަކަށް ޚާއްޞަ ލޯނު ފެސިލިޓީތަކާއި އިމަޖެންސީ ފައިނޭންސިން ތަޢާރަފުކުރުމުގެ އިތުރުން، ލޯނުތައް ފަސްކޮށްދިނުމާއި ޓެކްސް ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި އެއާޕޯޓުން ލިބޭ ތެލުގެ އަގު ހެޔޮކޮށްދިނުމަށާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އުފުލެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަކީ ވަޒީފާތައް ރައްކާތެރިކޮށް، ސިނާޢަތް ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved