ބައެއް ވަޒީރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ސަރުކާރު މެމްބަރަކު ވާހަކަ ދައްކަވައިފި
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން އެމަނިކުފާނަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރި ނޫންކަމަށެވެ.