March 19, 2026
Advertisement
މަޖިލިސް ރައީސް، ރައީސް މުއިއްޒުއާ އެކު
މަޖިލިސް ރައީސް، ރައީސް މުއިއްޒުއާ އެކު / ސޯޝަލް މީޑިއާ

ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާ ކެބިނެޓު ފާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 29, 2024, 07:34 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރުހުން ހޯދަން ފޮނުއއްވި ކެބިނެޓު މެމްބަރުންގެ ތެރެއިން 3 މެމްބަރަކަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމާ ކެބިނެޓު ފާސްކޮށްފިއެވެ.

Advertisement

ދައުރުން ބޭރުން އާދިއްތަ ދުވަހު ތާވަލްކުރި ޖަލްސާގައިވެސް މިކަމަށް ވޯޓަށް އެހުމަށް ަމސައްކަތްކުރި ނަމަވެސް ސަރުކާރު ނިސްބަތްވާ މެމްބަރުން އެ ޖަލްސާއަށް ހުރަސް އެޅުމުން ވަނީ އެކަން ކުރިއަށް ނުގެންދެވި ޖަލްސާ ނިންމާލަން ޖެހިފައެވެ.

އެއާއެކު މަޖިލީހުގެ ރިޔާސަތުން ދެވަނަ ދައުރުން ބޭރު ޖަލްސާއެއް ހޯމަ ދުވަހަށް ތާވަލްކޮށް ވަނީ ކެބިނެޓަށް ރުހުން ހޯދުމަށް ވޯޓަށް އަހާފައެވެ. އެގޮތުން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުންވަނީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދީފައެވެ. އެ ވަޒީރުންނަކީ އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއެވެ.

ރުހުން ނުދޭން ދެން ނިންމި ވަޒީރުންގެ ތެރެއިން އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ސަލާމަްތވެފައިވަނީ ހަނި ގޮތަކަށެވެ. އެގޮތުން ސައީދުއަށް ރުހުން ލިބިފައިވަނީ 2 ވޯޓުންނެވެ. މީގެ އިތުރުން ކުރިން ރުހުން ނުދޭން ނިންމި ޚާރިޖީ ވަަޒީރު މޫސާ ޒަމީރަށް ވަނީ ބޮޑު އަޣްލަބިއްޔަތެއް ލިބިފައިކަން ފާހަގަކޮށްލެވެއެވެ.

ވަޒީރުންނަށް ރުހުންދޭން ބޭއްވި ޖަލްސާގެ ވޯޓުގައި 71 މެމްބަރުން ބައިވެރިވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved