February 24, 2026
Advertisement
ސަރުކާރު ބޮޑުތަނުން ރައްޔިތުން ފެއިލްކޮށްލާއިރު ވަޒީރުން އަނގައިންވެސް ނުބުނެ ތިބެނީ މުސާރައިގެ ދަހިވެތިކަމުގައި: ރައީސް ޔާމީން
ސަރުކާރު ބޮޑުތަނުން ރައްޔިތުން ފެއިލްކޮށްލާއިރު ވަޒީރުން އަނގައިންވެސް ނުބުނެ ތިބެނީ މުސާރައިގެ ދަހިވެތިކަމުގައި: ރައީސް ޔާމީން

ސަރުކާރު ބޮޑުތަނުން ރައްޔިތުން ފެއިލްކޮށްލާއިރު ވަޒީރުން އަނގައިންވެސް ނުބުނެ ތިބެނީ މުސާރައިގެ ދަހިވެތިކަމުގައި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 24, 2026, 04:30 PM
މާލެ ސިޓީ

ސަރުކާރު ބޮޑުތަނުން ރައްޔިތުން ފެއިލްކޮށްލާއިރު ވަޒީރުން އަނގައިންވެސް ނުބުނެ ތިބެނީ މުސާރައިގެ ދަހިވެތިކަމުގައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ބާއްވަމުންދާ ސިލްސިލާ ފްރޮންޓު އޮފީސް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ދުރުން ބަޔަކު އަންނަން ނުޖެހޭނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ބުނެފައިވާ ބުނުމަށް ރައްދު ދެއްވާފައެވެ.

އެގޮތުން އަދުގެ މަޖިލިސް މެމްބަރުންނަކީ ސަރުޚާރު ޖަވާބުދާރީ ކުރުވަން ތިބި މީހުންނަށް ވާއިރު މަޖިލިސް މެމްބަރުން ތިބީ ދިމްޔާތުން ދޭ 50 ހާސް ރުފިޔާގެ ރިޝްވަތުގެ އަވާއިގައި ޖެހި ގޮނޑިތަކަށް އިންތިހާބު ކުރި ރައްޔިތުންނަށް ހަރާންކޯރުވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައީސް މުހައްމަދު މުއިއްޒު ސަރުކާރު ތެރޭގައި ނޭއްގާނީ ކަންކަން ހިންގަމުން ދާއިރު ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބެމެ ވަޒީރުންގެ މަޖިލިސް ވެސް އޮތީ ހަނު ކަމަށާ އެހެން އެކަން ކުރަނީ މުސާރައިގެ ދަހިވެތިކަމުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ތިބީ ކިޔަވައިގެން ތިބި ބަޔަކު ނަމަވެސް އެމީހުންގެ ކިބައިގައި ނަޒާހާތްތެރިކަމެއް ނެތް ކަމަށާ ސަރުކާރުން ހިންގަމުންދާ ބޮޑެތި ވައްކަންތަކާ ރައްޔިތުން ފެއިލްކުރަމުންދާއިރު ބަހެއް ނުބުނެ ވަޒީރުން ތިބޭ ތިބުމުން މަޖިލިސް މެމްބަރުންނެކޭ ވަޒީރުންނެކޭ ތަފާތެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ބަހަމުންދަނީ ދުސްތޫރީ ގޮތުން ރައީސް މީހާ ޖަވާބު ދާރީ ކުރުވަން ޖެހެނީ މަޖިލިސް މެމްބަރުން ކަމަށްވުމުން އެ މެމްބަރުންގެ ދުލުގައި ތަޅު އެޅުވުމަށް ކަމަށެވެ.

ރައީސް ޔާމީން ވަނީ މަޖިލިސް މެމްބަރުންވެސް އަދި ވަޒީރުންނަކީވެސް ރައީސް މުއިއްޒުގެ އަޅުންގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ ސާބިތު ހެކި ހިފައިގެން އައުމުން ކޮރަޕްޝަން ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ރައީސް މުއިއްޒު ހިންގަމުންދާ ކޮރަޕްޝަންގެ ވާހަކަ ރައްޔިތުންނަށް ތިލަކޮށްދޭން ރައީސް މުއިއްޒު ކެރޭނެތޯ އައްސަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved