March 19, 2026
Advertisement
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި

ގައުމަށް ދެރަ ގޮތްގޮތް ވަމުންދަނީ ބަސް ބުނާނެ ހަރުދަނާ ވަޒީރުން ނެތުމުން؛ ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 7, 2024, 12:41 AM
މާލެ ސިޓީ

ގައުމަށް ދެރަ ގޮތްގޮތް ވަމުންދަނީ ބަސް ބުނާނެ ހަރުދަނާ ވަޒީރުން ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ހޯމަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ގައުމުގައި ފެންވަރު ދަށް ނަތީޖާ ލިބޭ ކުދިން ސަލާމަތީ ބާރުތަކަށް ވަނުމަށް މަޖްބޫރުކުރާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ވިދާޅުވުމަށާ އަދި އާސަންދަގެ އަސްލު އޮޅުވާލާ ރައްޔިތުންނަށް ކުރަމުންދާ ތުރާލަށްވެސް ނަޒަރު ހިންގަވާ ލައްވާ ނުރުހުްނ ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ހުރިހާ ކަމެއް އެފަދަ ގޮތް ގޮތަށްވަމުން ދަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގުދައްކަވަން ތިއްބަވާ އާރުކާޓީއިން ކަމުގައިވާ ވަޒީރުންގެ ނާގާބިލު ކަމުން ކަމަށެވެ.

އެހެން މިވަނީ މި ކެބިނެޓު ތެރެއިން ލިބެންވާ ކޮންޓްރިއުބިއުޝަން ނުލިބޭތީ. އިލްމީ ގާބީލު މީހުން އެބަ ތިބި ހެއްޔޭ. އިނގިރޭސި ބަހުގެ ބަސްކޮށާރު މުއްސަނދިވޭ ފަލާހުމެން ކަހަލަ މީހުން ތިބީމަ. އެކަމު ޚިއް ހެއްޔޭ މިކުރަނީ. މި މީހުންނަކަށް ނުކެރެއޭ މިތާ ހިނގާ ކޮރަޕްޝަންގެ ވާހަކަ ދައްކާކަށް. މިއީ ވިސްނާފަ ކަންތައް ކުރާ ބައެއް ނޫން.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ސަރުކާރުން ބަޖެޓު ތަފްސީލު ނުދީ ހިފަހައްޓާތީ ވެސް ފާޑުވިދާޅުވެ ނުރުހުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved