މެޓް އޮފީހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މިއަދު 11 ޖެހިއިރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 46.3 ޑިގްރީ ސެލްސިލަސްއަށް އެރި އެވެ. މިއީ ރެކޯޑް މިންވަރެކެވެ.
ރީނދޫ އެލާޓް ނެރެފައި ވަނީ ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:30 އަށެވެ.
މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގެ ގިން ސަރަހައްދުތަކަށް މިއަދުގެ ހޫނުމިން ހުރީ 40 އަށްވުރެ މަތީގައެވެ.
އޮރެންޖް އިންޒާރު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ހަވީރު 17:30 އިން ފެށިގެން މިރޭ 20:30 އާއި ހަމައަށެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށީގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 01:00 އިން ހަވީރު 06:00 އާ ހަމައަށެވެ.
މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަަމަށެވެ.
އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މިރޭ ކަނޑު ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ފިނި ހޫނުމިނަށް ބަލާއިރު އެންމެ މަތީގައި އުޅެނީ ހުޅުލެެ އާއި ކާޑެއްދޫ ސަރަހައްދެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްކޮޅު އާންމު ގޮތެއްގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވޭ