March 17, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ޕޮލިސް

އެކިހިސާބަށް ވިއްސާރަކުރާނެކަމާއި އަދި ގުގުރުން އެކަށީގެން ވާ ކަމަށް މެޓުން ލަފާކޮށްފި

Hussain Nawaf
ހުސައިން ނަވާފް
May 26, 2025, 08:55 PM

އެކިހިސާބަށް ވިއްސާރަކުރާނެކަމާއި އަދި ގުގުރުން އެކަށީގެން ވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް އިން ހާމަކޮށްފި އެވެ.

Advertisement

އެގޮތުން އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ކެރީގެ އަސަރުވެސް ފޯރުން އެކަށީގެންވާކަމަށް މެޓުން ލަފާ ކުރެއެވެ.

އެއިދާރާއިން ހާމަކުރި ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

އެގޮތުން ކަނޑުތައް ގަދަވާނެކަމާއި ރާޅުތަކުގެ އުސްމިން 5 ފޫޓާއި 8 ފޫޓަށް އަރާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފަ އެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުންވަނީ އިލްތިމާސްކޮށްފަ އެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved