

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބުނު 14 ރަށަކުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް (އެންޑީއެމްއޭ) ރިޕޯޓުކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ވަރުގެ ގެއްލުން ލިބިގެން އެންޑީއެމްއޭއަށް ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ރަށްތަކަކީ:
1. ގދ. މަޑަވެލި
2. ގދ. ހޯނޑެއްދޫ
3. ގދ. ނަޑެއްލާ
4. ގދ. ރަތަފަންދޫ
5. ގދ. ފަރެސްމާތޮޑާ
6. ގއ. މާމެންދޫ
7. ލ. މާވައް
8. ހދ. ނޮޅިވަރަންފަރު
9. ކުޅުދުއްފުށި ސިޓީ
10. ސ. މަރަދޫ
11. ރ. ފައިނު
12. މ. ދިއްގަރު
13. މ. މަޑުއްވަރީ
14. ފުވައްމުލައް ސިޓީ
މީގެ އިތުރުން ވިއްސާރާގައި ހދ. ނޭކުރެންދޫ ބޯޓަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދީފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް ލިބިފައިވާ ގެއްލުންތަައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ހުކުރު ދުވަހާ ޖެހެންދެން މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.