March 18, 2026
Advertisement
ހުޅުމާލޭ ފޭސް 2
ހުޅުމާލޭ ފޭސް 2 / އެޑިޝަން.އެމްވީ

މާލެއަށް އެންމެ ހޫނުގަދަ ދުވަހަކަށް މިއަދު!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 3, 2024, 09:04 PM
މާލެ ސިޓީ

މާލެ ސަރަހައްދަށް މި ދެ މަހުގެ ތެރޭގައި އެންމެ ހޫނުގަދަ ދުވަހެއްގައި ރެކޯޑް ކުރެވިފައިވަނި މިއަދުކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން މެޓް އޮފީހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މިއަދު 11 ޖެހިއިރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 46.3 ޑިގްރީ ސެލްސިލަސްއަށް އެރި އެވެ. މިއީ ރެކޯޑް މިންވަރެކެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މިދުވަސްވަރު ހޫނުގަދަވި އިރު، އެ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.

އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައި ވެއެވެ.

މިއަދުގެ ފިނި ހޫނުމިނަށް ބަލާއިރު ދެކުނުގެ އަތޮޅު ތަކަށްވުރެ މެދުރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް ހޫނުމިން ހުރީ 40 ޑިގްރީއަށްވުރެ މަތީގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved