މިކަން ހާމަކުރައްވާފައިވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާ ތީ އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ އަލީ ޝުޖާއުއެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ސަރަަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މާދަމާ މޫސުން ރަނގަޅުވެފައި ހޮނިހިރު ދުވަހަށް ފަހު އަނެއްކާވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާނެކަަމަށް ލަފާ ކޮށް، މުޅި ރާއްޖެއަށް ނެރެފައިވަނީ ހުދު ސަމާލެވެ.
މެޓް އޮފީހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މިއަދު 11 ޖެހިއިރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 46.3 ޑިގްރީ ސެލްސިލަސްއަށް އެރި އެވެ. މިއީ ރެކޯޑް މިންވަރެކެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށީގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 01:00 އިން ހަވީރު 06:00 އާ ހަމައަށެވެ.
މިއަދުގެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
ރީނދޫ އެލާޓް ނެރެފައި ވަނީ ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:30 އަށެވެ.
މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަަމަށެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 1:00 އިން ފެށިގެން އިރު އޮއްސި 7:00 އައާ ހަމައަށް ހއ. ހދ. ރ. ބ. ޅ. ނ. އަދި ށ. އަށެވެ.