ވިއްސާރަވެ ވާރޭ ވެހުމުން މާލެ ސިޓީގައި ފެންބޮޑުވުމުން މަގުތަކުގެ ފެން ހިންދުމުގެ ބަދަލުގައި އެމަގުތައް ބަންދުކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާ ތީ އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ އަލީ ޝުޖާއުއެވެ.
ސީޕީ ޝުޖާއު ވިދާޅުވި ގޮތުގައި، ވިއްސާރަވެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދިނުމަށް ފުލުހުން ތައްޔާރުވެ ޕްލޭންތަކެއް އެކުލަވާޅަފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން ތަންފީޛުކުރުމަށް އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.
އެގޮތުން މާލޭގައި ފެންބޮޑުވާ މަގުތައް އެވަގުތުތަކުގައި ބަންދުކުރުމަށް ނިންމާފައިވާ ކަމަށާ އެހެންކަމުން އެ ސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުންނާ އަދި ދުއްވާ އެއްޗެއްހި ދުއްވާ ފަރާތްތަކުންވެސް އެ ވަގުތުތަކުގައި ފުލުހުންނަށް ކިޔަމަންގަނެ އެއްބާރުލުން ދިނުމަށްވަނި އެދިވަޑައިގެންފައެވެ. އަދި އެކަންކަން އެ ގޮތަށް ކުރަނީ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ކަމަށްވެސް ސީޕީ ޝުޖާއު ވިދާޅުވެފައެވެއެވެ.
މިފަހުން ބޯކޮށް ވާރޭހޭ ވުހުމުގެ ސަބަުން މާލޭގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވެ ހިނގާ ބިނގާވެ އުޅުމަށާ އަދި ދުއްވާ އެއްޗެހި ދުއްވުމުަށްވެސް ދަތިވެފައިވެއެވެ.