އަޑު އެހުން ތާވަލްކޮށްފައިވަނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
މައްސަލައިގެ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ އެއީ ދައުލަތުގެ ފަރާތުން ކޯޓަށް "ޖަސްޓިފައި" ކޮށްދެވޭނެ ކަމަކަށް ނުވާތީ މައްސަލަ ފައިލް ކުރީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
އިސްތިއުނާފް ހުށަހަޅާފައިވަނި ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ޑރ ޖަމީލު ވިދާޅުވީ، ނިމިގެން ޝަރީއަތުގެ މަރުހަލާތަކަށް ބަލާއިރު ހައްގު ގެއްލުނީ ކާކުގެ ތޯ ވަޒަންކުރަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އައްޔަނުކުރައްވިކަން އިއުލާންކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، ޕީޖީއިން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސްފިކަމަށް ތޭރަ އޮންލައިނަށް މައުލޫމާތު ވަނީ ލިބިފައެވެ.
ހަމްޒާ މިފަދައިން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުވާ ރައީސް ޔާމީން ފްރޭމުކޮށް ކުރީ ސަރުކާރުން އުފުލި ދައުވާތަކާ އެކު ކުރި 11 އަހަރު ދުވަުގެ ހުކުމްގެ އިސްތިއުނާފު ދިގު ދެންމުމަށް ފަހު ހައިކޯޓުން އިއްވި ހުކުމްގައި އެ މައްސަލަ އަލުން ދަށު ކޯޓަށް ތަހުވީލުކުރުމުން، ދައުލަތުން އައު ހެކި ހުށަހަޅަން ބޭނުންވި ނަމަވެސް އެ ބައި އެއްކޮށް އެއްފަރާތް ކުރުމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން ދައުލަތުން ސުޕްރީމު ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުންތަކުގެ ފަހު އަޑުއެހުމުގައެވެ.
މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އަދުރޭ ހިތް ނޭދޭ ގޮތަށް މުއިއްޒުއަށް އެއްވެސް ފިޔަވަޅެއް އަޅަން ކެރިވަޑައިނުގަންނަވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ
ޑރ ޖަމީލު ވިދާޅުވީ، އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ނާކާމިޔާބުވުމުން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މުޅިން އާ ބަހުސެއް ހިފައިގެން ކަމަށެވެ. އަދި އެއީ އިސްތިއުނާފްގެ އޮޅިގަނޑު ގިރާ ކުރާނެ މައްސަލައެއް ނޫން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.