March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައްޔިތުންގެ ބިންތަކުން ވައްކަން ކުރި ފަޒުލްއަށް ދައުވާ ނުކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 8, 2025, 07:56 PM
މާލެ ސިޓީ

ހުޅުމާލޭން ގޯތިތައް ދޫކޮށްފައި ހުރި ގޮތް ފެންނަ، އެޗްޑީސީގައި ހުރި ލިއުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ލިއުންތައް ފޮހެލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އޭރު ހުރި އިބްރާހީމް ފަޒުލް ރަޝީދަށް ދައުވާނުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ނިންމައިފިއެވެ.

Advertisement

ޕީޖީ އޮފީހުން މިއަދު ބުނީ އެ ކުންފުނީގެ އައިޓީ ޑިޕާޓުމެންޓުގެ ވެރިޔާ، އަބްދުالله ޝުހޫދު އާއި ފަޒުލް ލިޔުންތަކެއް ޑިލީޓުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވުނީ މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ލިޔުންތަކެއް އެޗްޑީސީގެ ސާވާއިން ޑިލީޓުކުރި ކަމުގެ ތުހުމަތެވެ. އެ ލިޔުންތަކަކީ ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބެލެވޭނެ ލިޔުންތަކެއް ކަމަށްވެއެވެ.

ނަމަވެސް، ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އެޗްޑީސީގެ އައިޓީ ޑިޕާޓުމެންޓުން ތައްޔާރުކުރި ރިޕޯޓުގައި ވެސް އެ ކުންފުނީގެ ސާވާއިން އެއްވެސް ލިޔުމެއް ނުވަތަ ޑޭޓާއެއް ގެއްލިފައި ނުވާކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ފަޒުލް އާއި ޝުހޫދު އެޗްޑީސީގެ އެއްވެސް ލިޔެކިޔުމެއް ނައްތާލާފައިވާކަމަށް އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ވެސް ހޯދިފައިނުވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލަ ބަލަމުން ދަނިކޮށް ފަޒުލް ދިރިއުޅެމުން ދިޔަ ގެއިން ކަޅު ދަބަހެއް ބޭރުކޮށްފައިވެއެވެ. އަދި މައްސަލަ ބަލަން ފެށި ނަމަވެސް އެ މައްސަލަ ވަކި ހިސާބަކުން އޮއްބާލާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އެއީ ފަޒުލްއަކީ ރައީސް މުއިއްޒުއާ ގާތް މީހަކަށް ވުމުން ކަމަށްވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved