March 11, 2026
Advertisement
-
- / އަލްޖަޒީރާ

ސްޕެއިނުން ކުޅިވަރުތަކުން ސަހްޔޫނީން ބާކީ ކުރުމަށް ގޮވާލައިފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 17, 2025, 12:23 AM
މާލެ ސިޓީ

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުން ސަހްޔޫނީން ބާކީކުރަންޖެހޭ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.

Advertisement

ސަންޗޭޒް ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ފަހު ރަޝިޔާގެ ކުޅިވަރު ޓީމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފަދައިން، ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތައް ދެމި އޮތްހާ ހިނދަކު، ސަހްޔޫނީން ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުން ބާކީކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން، ސަންޗޭޒް ވަނީ މިދިޔަ ހަފުތާގައި ވުއެލްޓާ ރޭހުގެ ފަހު މަރުހަލާގައި ސަހްޔޫނީންގެ އެތުލީޓުންނަށް ހުރަސްއެޅުމާއި ގުޅިގެން ކެންސަލް ކުރަން މަޖުބޫރުކުރުވި މުޒާހަރާގެ ބައިވެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ސަހްޔޫނީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުއާއި ގުޅިގެން ބައިނަލްއަގްވާމީ ގިނަ ގައުމުތަކުން އަންނަނީ ސަހްޔޫނީންނާއި ދެކޮޅަށް ގިނަ ފާޑުކިޔުންތައް އަމާޒުކޮށް ދަތިކުރުމަށް އެޅެން އޮތް ފިޔަވަޅުތައް އަޅަމުންނެވެ.

ސަހްޔޫނީންގެ ހަމަލާތަކުގައި ޣައްޒާގެ އެތައް ލައްކަ މީހުން ޝަހީދުވެ ޒަޚަމްވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ބަނޑުހައިހޫނުކަމުގައި މަރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved