March 11, 2026
Advertisement
-
- / އަލްޖަޒީރާ

ނިއުކްލިއަރ ގޮތުން ވަރުގަދަ ޕާކިސްތާނާއި އެކު ސައުދީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 18, 2025, 11:24 PM
މާލެ ސިޓީ

ޕާކިސްތާނާއި ސައުދީ އަރަބިއްޔާގެ އެކުވެރިކަމާއި ސަލާމަތީ އެއްބާރުލުން ދިނުމަށް ދެފަރާތުން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށް ބޮޑު ފިޔަވަޅެއް އަޅައިފިއެވެ.

Advertisement

އެއްބަސްވުމުގައި ބުނެފައި ވަނީ ޕާކިސްތާނަށްވެސް އަދި ސައުދީއަށްވެސް ހަމަލާ ދިނުމަކީ ދެ ގައުމަށް ވެސް ދިން ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ޕާކިސްތާނަށް މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާއިރު މި އެއްބަސްވުމުން ޕާކިސްތާނުގެ ވަރުގަދަ އަސްކަރިއްޔާއާއި އެގައުމުގެ ނިއުކްލިއާ ގާބިލްކަމަށް ސައުދީ އަރަބިއްޔާއިން އޮތް ޔަގީންކަން ހާމަވެގެންދާކަމަށް ފާހަގަކުރެެއެވެ.

ޕާކިސްތާނުން ވަނީ އެތަކެއް ސައުދީ އޮފިސަރުން ތަމްރީނުކޮށް، ސައުދީ ރަސްކަމަށް ތާއީދުކޮށްފައިވާތާ ދިހަވަރަކަށް އަހަރު ވެފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަމަށް ދެ ގައުމުންވެސް ސިފަކުރެއެވެ.

މި އެއްބަސްވުމަކީ ބައިނަލްއަގްވާމީ ގޮތުން ޕާކިސްތާނުގެ ދަރަޖަ މަތިކޮށްދީ މުސްލިމް ދުނިޔޭގައި ސުލްހައާއި އަމާންކަމަށް ޕާކިސްތާނުގެ ދައުރު ސާބިތުކޮށްދޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ ސަލާމަތީ ފިޔަވަޅުތައް ޚާއްސަކޮށް ކަޝްމީރު ސަރަހައްދުތަކުގައި ވަރުގަދަ ކުރާނެ ކަަމަށް ކަމާއި ބެހޭ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ޕާކިސްތާނުގެ ގިނަ ބަޔަކަށް މި އެއްބަސްވުމަކީ މުސްލިމް ދުނިޔޭގައި ޕާކިސްތާނުގެ ވަރުގަދަކަމާއި، އެއްބައިވަންތަކަމާއި، ބޮޑުވަމުން އަންނަ ނުފޫޒުގެ ރަމްޒެއްގެ ގޮތުގައި ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved