April 3, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

އިންޑިއާގެ ލަޑަކްގައި މުޒާހަރާ ހޫނުވެ ބީޖޭޕީ އޮފީހުގައި އަލިފާން ރޯކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 26, 2025, 02:20 AM
މާލެ ސިޓީ

"ސްޓޭޓްހުޑް" އަށް ޑިމާންޑްކޮށް އިންޑިއާގެ ލަޑާކްގައި މީހުން މުޒާހަރާކޮށް އަންނަނީ މޯދީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

Advertisement

ލަޑާކް އަކީ ޔޫނިއަން ޓެރަޓަރީއެއްގެ ގޮތުގައި އިންޑިއާ އިން ހިންގަމުން އަންނަ ސަރަހައްދެކެވެ.

މި މުޒާހަރާގެ ބައިވެރިން ބުނެފައިވާ ގޮތުގައި މޯދީ ސަރުކާރުން ވަނީ އެމީހުންނަށް ޚިޔާނާތްތެރިވެފައި ކަމަށާއި އެމީހުންގެ އަޑު މިހުރިހާ ދުވަހު ސަރުކާރު ވަނީ "ހިމޭން" ކޮށްފައި ކަމަށެވެ. އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވަނީ "ސްޓޭޓްހުޑް" ކަމަށް ބުނެ މުޒާހަރާ އަންނަނީ ހޫނު ވަމުންނެވެ.

މި މުޒާހަރާއަށް އެއްވެ ތިބި މީހުން ފުލުހުންނާއި ކުރިމަތިލައި ބީޖޭޕީގެ އޮފީސްތަކުގައި ވަނީ އަލިފާން ރޯކޮށްފައެވެ.

އަދި އެމީހުންގެ ތަކުލީފުތަކަށް ބޮޑުވަޒީރު މޯދީގެ ސަރުކާރުން އަޅާނުލާކަމަށް ކަމަށްވެސް ގޮވާލާފައެވެ.

އެމީހުން ބުނާ ގޮތުގައި އެމީހުންގެ އައިޑެންޓިޓީއަށް އަދި މުސްތަގުބަލަށް އެއްވެސް އިހުތިރާމެއް ނުކޮށް، ދިއްލީން ގަދަކަމުން ނިންމުންތައް އެމީހުންގެ މައްޗަށް ނިންމަމުން އަންނަ ކަމަށެވެ. އަދި ގިނަ ބަޔަކު ތުހުމަތު ކުރަނީ ސަރުކާރުން ލަދާޚާއާ މެދު ކަންތައް ކުރަނީ ގައުމުގެ ހަމަހަމަ ބަޔަކަށް ވުރެ ބޮޑަށް ކޮލޮނީއެއް ފަދައިން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved