

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލްގެ އަންހެން ސޭޓަކަށް މިއަދު ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ މެންދުރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރާގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ، 21 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި، ބަންގަލްދޭޝަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ސީސީޓީވީ ފޫޓޭޖް ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ކުރެވުނު ތަހުގީގުން އެ މީހާ ހުރި ތަން ހޯދައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހޮސްޕިޓަލުން ބުނީ ޒަހަމްވެގެން ގެނައި މީހާ "ސްޓޭބްލް" ކަމަށެވެ.