March 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ އިންޒާރާއެކު އެމެރިކާގެ ބިޔަ މަނަވަރު މެދުއިރުމަތީ ސަރަހައްދަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 24, 2026, 09:19 PM
މާލެ ސިޓީ

މެދުއިރުމަތީގެ މަސްރަހު ހޫނުވެ، އިސްލާމީ ގައުމުތަކަށް އެމެރިކާއިން ކުރިމަތިކުރަމުންދާ ބިރުދެއްކުންތަކުގެ ތެރެއިން، އެގައުމުގެ "ޔޫއެސްއެސް އަބްރަހަމް ލިންކަން" ކެރިއާ ސްޓްރައިކް ގްރޫޕް އީރާނާ ގާތަށް ޖައްސާލައިފިއެވެ.

Advertisement

އިސްލާމީ އުންމަތުގެ ދިފާއުގައި އީރާނުން ސާބިތުކަމާއެކު އޮތް ދަނޑިވަޅެއްގައި، އެމެރިކާއިން މިފަދަ ނުރައްކާތެރި ފިޔަވަޅެއް އެޅުމުން މުޅި ސަރަހައްދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކުން މެދުއިރުމަތީގެ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. އެމެރިކާގެ މި ބިޔަ ހަނގުރާމަވެރި މަނަވަރަކީ ނިއުކްލިއާ ހަކަތައިން ދުއްވާ، ތެޔޮ އެޅުމަކާ ނުލައި 20 އަހަރު ވަންދެން ކަނޑުމަތީގައި އޮވެވޭފަދަ ބާރުގަދަ އުޅަނދެކެވެ. 1،092 ފޫޓުގެ ދިގުމިން ހުންނަ މި މަނަވަރުގައި 70 އަށްވުރެ ގިނަ ހަނގުރާމަވެރި ޖެޓް އުފުލުމުގެ ގާބިލުކަން ހުރެއެވެ. އަދި އެންމެ 2 ސިކުންތުގެ ތެރޭގައި، ގަޑިއަކު 150 މޭލުގެ ބާރުމިނުގައި ޖެޓްތައް ފޮނުވާލުމުގެ ގާބިލުކަން މި އުޅަނދަށް ލިބިގެންވެއެވެ.

ދުނިޔޭގެ ބާރުތަކުން ބިރުދެއްކުމުގެ ސިޔާސަތެއް އެމެރިކާއިން ގެންގުޅެމުންދާއިރު، އީރާނުގެ ސަރަހައްދީ ރައްކާތެރިކަމަށް އަމާޒުކޮށް މި އޮޔާދާ "ހަނގުރާމަވެރި މެޝިން" ކައިރިވަމުންދާ މަންޒަރު މުޅި ދުނިޔެ މިހާރު ދަނީ ނުތަނަވަސްކަމާއެކު ބަލަމުންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އިސްލާމީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަނެ، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އެމެރިކާއިން ރާވައިގެން ހިންގާ އުދުވާނެކެވެ. އީރާނުން ބުނަމުންދަނީ އެގައުމުގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކޮންމެ ބާރަކަށްވެސް ހައްގު އަދަބު ދޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved