March 13, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 20, 2026, 06:04 PM
މާލެ ސިޓީ

މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް، އެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، އުމުރުން 36 އަހަރުގެ ނަދީފް މުހައްމަދު އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، މަކަރާއި ހީލަތުން މީހެއްގެ އަމިއްލަ ބޭންކިންގ މައުލޫމާތު ހޯދުމަށްފަހު އެކައުންޓަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓްތަކަކަށް ބަދަލުކުރުމެވެ. މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނަދީފް މުހައްމަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި ދުވަސްވަރަކީ އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، އާންމު ރައްޔިތުން މިފަދަ ކަންކަމަށް ހޭލުންތެރިވެ، ބޭންކް އެކައުންޓާއި އޯ.ޓީ.ޕީ ފަދަ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved