March 2, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޗެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 13, 2026, 12:54 AM
މާލެ ސިޓީ

ކުޅިވަރު އެސޯސިއޭޝަނެއްގެ ކޯޗަކު، އޭނާގެ ބެލުމުގެ ދަށުން ތަމްރީނުވަމުން ދިޔަ ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަނެއްގައި މަސައްކަތްކުރާ ކޯޗަކު ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، މައްސަލައިގެ ބާވަތުންނާއި އަނިޔާ ލިބުނު ފަރާތުގެ އައިޑެންޓިޓީ ހިމާޔަތްކުރުމުގެ ގޮތުން، ތުހުމަތު ކުރެވޭ ކޯޗުގެ ވަނަވަރާއި އެއީ ކޮން ކުޅިވަރު އެސޯސިއޭޝަނެއްގެ ކޯޗެއްކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިފަދަ މައްސަލަތަކަކީ މުޖުތަމައުގެ އަހުލާގީ މިންގަނޑުތަކާ ހިލާފު، އަދި ކުޅިވަރުގެ މައިދާނުގައި ކުޅުންތެރިންނަށް އޮންނަންޖެހޭ އިތުބާރާއި ރައްކާތެރިކަން ގެއްލިގެންދާ ކަންކަން ކަމަށްވާތީ، ކަމާބެހޭ އިދާރާތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަކީ ޒުވާން ކުޅުންތެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަނަށް ވާއިރު، އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަކީ އަހުލާގީ ގޮތުން ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް އާންމުން ދަނީ ބުނަމުންނެވެ. ފުލުހުން ވިދާޅުވީ ތަހުގީގު ނިމުމުން މި މައްސަލައިގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved