February 27, 2026
Advertisement
-
- / ތޭރަގްރެފިކްސް

އޮޕަރޭޝަން އަލިމަގުން ހައްޔަރު ކުރީ ޖޭއެސްސީގެ ނައިބާ އާއިލީ ގުޅުން އޮތް މިސަރުކާރުގެ ޕީޑީއެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 12, 2026, 04:35 AM
މާލެ ސިޓީ

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅަށް ފުޅާކޮށް ހައްޔަރުކުރި މީހުންގެ ނެޓްވޯކަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް، ޔަޒްމީދު މުހައްމަދުއާ ގުޅުން އޮންނަ ނެޓްވޯކެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނެޓްވޯކުގެ ބޮޑަކީ ވެސް ޔަޒުމީދުގެ ކެމްޕެއިނަށް ހުރިހާ ޚަރަދެއް ކުރި އަހުމަދު މަދީހު ކިޔާ ހަމަ އެރަށު މީހެކެވެ. ޔަޒްމީދުއާ އާއިލީ ގުޅުން އޮންނަ އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޮއިންތަކެއްވެސް މި ނެޓުވޯކުގެ ތެރޭގައި ހިމެނޭ ކަމަށްވެއެވެ.

އެގޮތުން މިސަރުކާރުގައި ވިލިނގިލީ ޑްރަގު އެޖެންސީ ހަވާލުކޮށްފައި ހުރި އަމާން އިންރާހިމުއާ މި ސަރުކާރުގެ އިކޮނިމިކު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޠަރެއްގެ ގޮތުގައި ހުރި އަނާމް އިބްރާހިމު ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށްވެއެވެ.

އަނާމް ހައްޔަރުކޮށްފައިވާއިރު އަމާން ހައްޔަރުކުރަން ދިން ކޯޓު އަމުރުގައި ނުބައި އެޑްރެހެން އޮތުމުން އޭނާ އަދި ހައްޔަރުކުރެވިފައިނުވެއެވެ. އެހެން އެކަން ކުރީ އެރަށު ކޯޓުގެ މެޖިސްޓްރޭޓަރ ގަސްތުގައި ކަމަށާ އެއީ ޔަޒުމީދުގެ ބާރުވެރިކަމުގެ ތެރެއިން އައްޔަން ކޮށްފައި ހުރި މީހެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ޔަޒްމީދު މިހާރު ގެންދަީ މި މައްސަލައިގެ ތެރެއަށް ވަދު ނުފޫޒު ފޯރުވައިގެން މައްސަލަ އޮއްބުވާލަން މަސައްކަތްކުރަމުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގައި އަނާމްއާ މަދީހުގެ އިތުރުން އެހެން ދެމީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ގައުމުގައި މިހާރު ހިނގަމުންދާ މިފަދަ ހުރިހާ ގޯހެއްގައި މި ސަރުކާރަށް ނިސްބަތްވާ މީހުން ހިމެނުން މިހާރު ވަނީ އާންމު ކަމަކަށްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved