March 12, 2026
Advertisement
ކްރެމްލިން، މޮސްކޯ
ކްރެމްލިން، މޮސްކޯ / ރޮއިޓަރސް

ނޭޓޯ އިން ޔޫކްރޭނަށް ސިފައިން ފޮނުވުމާ ދެކޮޅަށް ރަޝިޔާއިން އިންޒާރުދީފި

Azzama
އައްޒާމާ
Feb 29, 2024, 05:57 AM

ނޭޓޯއިން ޔޫކްރޭންގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސިފައިން ފޮނުވާނަމަ ނޭޓޯއާ ހަނގުރާމަ ކުރާނެ ކަމަށް ރަޝިޔާގެ ރިޔާސީ އޮފީސް ކްރެމްލިން އިން އަންގާރަ ދުވަހު އިންޒާރު ދީފިއެވެ.

Advertisement

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ޔޫކްރޭނަށް ހުޅަނގު ޔޫރަޕްގެ ސިފައިން ފޮނުވުމާ މެދު މަޝްވަރާކޮށްފައެވެ.

"ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ސިފައިން ފޮނުވުމުގެ ފުރުސަތު އޮތްތޯ މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު، އާ ފިޔަވަޅެއް،" މެކްރޮންގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ނޭޓޯގެ މެމްބަރުން ޔޫކްރޭނުގައި ހަނގުރާމަ ކުރުމަށް ސިފައިން ފޮނުވާނަމަ ކުރިމަތިވާނެ ނުރައްކާތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޕެސްކޯވް ވިދާޅުވި އެވެ. "އެ ހާލަތުގައި އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭނީ ޕްރޮބަބިލިޓީއާ ބެހޭ ގޮތުން ނޫން، އެކަމަކު ކޮންމެހެން ވާންޖެހޭނެ (ސީދާ ކޯޅުންގަނޑެއްގެ) ވާހަކަ."

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved