
ނިމިގެންދިޔަ ސެޕްޓެމްބަރު މަހު ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތައް ކަމަށް އެ އިދާރާ އިން ހާމަކޮށްފި އެވެ.
ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ މަހު ވައްކަމުގެ 339 މައްސަލަ ރިޕޯޓްކޮށްފައިވާއިރު މިދިޔަ އޮގަސްޓް މަހު 304 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުންނަށް ޖުމްލަ 1،084 މައްސަލަ ހުށަހެޅިއިރު މިދިޔަ އޮގަސްޓް މަހު ފުލުހުންނަށް ޖުމްލަ 1،003 މައްސަލަ ހުށަހެޅި އެވެ.
ސެޕްޓެމްބަރު މަހު ހުށަހެޅި މައްސަލަތައް
ފުލުހުން ބުނީ ކުށްކުރުން މަދުކުރުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުލުހުން އެކި މަސައްކަތް ކުރާ ކަމަށެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށް ފުލުހުން އުއްމީދު ކުރެ އެވެ.










