March 10, 2026
Advertisement
ވިލިގިލީގައި ރޯވި އޮޑި ހަރުގޭގެ މަންޒަރެއް
ވިލިގިލީގައި ރޯވި އޮޑި ހަރުގޭގެ މަންޒަރެއް / ސޯޝަލް މީޑިއާ

އޮޑިހަރުގެއެއްގައި ރޯވެ, ބަންނަމުންދިޔަ އޮޑިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 29, 2024, 08:26 PM
މާލެ ސިޓީ

އޮޑިހަރުގެއެއްގައި ރޯވެ, ބަންނަމުންދިޔަ އޮޑިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

Advertisement

ރޯވެ އަނދާހުލިވެފައިވަނީ ގއ. ވިލިނގިޅިގައި ހުރި އޮޑި ހަރުގެއަކާ އެ އޮޑި ހަރުގޭގައި ބަންނަން ފަށާފައިވާ އޮޑިއެކެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރޯވެފައިވަނީ، ވިލިނގިލީގެ މީހުން ނޫޅޭ ސަރަހައްދެއްގައި ހަދާފައި ހުރި އޮޑިހަރުގެއެއްގައެވެ.

އަލިފާން ނިއްވުމަށް ތިނަދޫގެ ފަޔާ ފައިޓަރުން ފޮނުވައިފައިވާ ކަމަށާއި ނަމަވެސް ހަރުގޭގެ ފުރާޅު އަލިފާންގަނޑު މައްޗަށް ވެއްޓި، ބޮޑުބައި ނިވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. ވީޑިއޯ ގައި ފެންނަނީ ވަރަށް ބޮޑަށް ރޯވެފައި ވަނިކޮށެވެ. މި ހާދިސާގައި ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް މިހާތަނަށް އެނގިފައެއްނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved