April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ޝަރުއީ ހައްގުތަކުގައި ހިފަހައްޓައިގެން ކެތްތެރިކަމާއިއެކު 02 އަހަރު!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 02:47 AM
މާލެ ސިޓީ

މިއަދަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ޣައްޒާ ފަނާކޮށްލުމަށް ހަނގުރާމަ ފެށިތާ ދެ އަހަރު ފުރުނު ދުވަހެވެ. ދެ އަހަރުވީ މި ހަނގުރާމައިގެ ސަބަބުން ޣައްޒާ ފަނާވެ، އެތައް ހާސް ބަޔަކު ޝަހީދުވެ، އެތައް މިލިއަން ބަޔަކު ދިރިއުޅުމަށް ތަކުލީފުތަކާއި ވަނީ ކުރިމަތިވެގެން ގޮސްފައެެވެ.

Advertisement

އެތަކެއް އަހަރުތަކެއްގެ ތާރީޚެއް އޮތް މި ހަނގުރާމައަށް 2023 ވަނަ އަހަރު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއެއްގެ ގޮތުގައި ފެށި ކަންތައް ވަނީ މި ސަރަހައްދުގެ ތާރީހުގައި ހިނގި އެންމެ ދިގު އަދި އެންމެ މަރުގެ ގިނަ ހަނގުރާމައަކަށް ބަދަލުވެފަ އެވެ.

މިވީ ދެއަހަރު ތެރޭގައި އިސްރާއީލުން ދިން ނިރުބަވެރި ހަމަލާތަކުގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފަިއވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ފަލަސްތީނުގެ ސިޓީތަކާއި އަވަށްތައް ފޮހެލައި، ހޮސްޕިޓަލްތައް ބިމާއި ހަމަކޮށް، ސްކޫލްތައް ވަގުތީ ހިޔާތަކަކަށް ވަނީ ބަދަލުވެފައެވެ.

ބައިނަލްއަގްވާމީ ގޮތުން މި މައްސަލައަށް ގިނަ ބަހުސްތަކެއް އެކި ޕްލެޓްފޯމްތަކުގައި ކުރެވިފައިވީނަމަވެސް އަދިވެސް އިޒްރޭލުން އަންނަނީ ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދެމުންނެވެ. ފަލަސްތީނުގެ ހިތްވަރުގަދަ ރައްޔިތުންނާއި އެކު އެމީހުންގެ ވޭނާއި އެމީހުން ތަހައްމަލް ކުރަމުން އަންނަ އަނިޔާއާއި އެމީހުންގެ ތަކުލީފުތަކާއި އަދި އުއްމީދުތައް ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި ވާތާ ދެއަހަރު ފާއިތުވެ ދިޔައީއެވެ. ބަދަލުވި އެއް ކަމެއްވެސް ނެތެވެ.

ޤައުމީ އުސޫލުތަކަށް ތަބާވެ، ޣައިރު ޤާނޫނީ ދައުލަތެއްގެ ރޭވުންތަކާއި ދުރުވެ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ މުޖާހިދުންނާއި އެކު ތިބިތާ ދެއަހަރު ވެފައިވާ ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ބިންވަޅު ނެގި ޝަރުއީ ހައްގުތަކުގައި ހިފަހައްޓައިގެން ކެތްތެރިކަމާއިއެކު ދެ އަހަރު ވޭތު ކުރި އިރު ދެންވެސް އެ ހިތްވަރަށް ބަދަލު ނާންނާނެ ކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ.

ފަލަސްތީނަށް ތާއީދުކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ވަނީ ވަރުގަދަވެފަ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި އިސްރާއީލުގެ ހިސާރު ނިމުމަކަށް ގެނައުމަށް އެދި ގޮވާލަމުންދާ މީހުން ވަނީ އިތުރުވެފައެވެ.

މި ހަނގުރާމަ ހުއްޓުވުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ޕްލޭންއެއް ހަދާ ހަމާސްގެ ބާރު އެއްކޮށް ކަނޑުވާލުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް މި ޕްލޭންއަށް ހަމާސްއިން އެއްކޮށް އެއްބަސްވެފައިނުވެއެވެ.

އިޒްރޭލުން ދާއިމަށް ހަމަލާތައް ހުއްޓާލާނެ ދުވަހެއްގެ އިންތިޒާރުގައި ފަލަސްތީނުގެ ރައްޔިތުން ތިބޭތާ ދެއަހަރު ވެގެން ދިޔައީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved