March 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ހޯލްސޭލް ވިޔަފާރި ނުކުރެވޭ ގޮތް ހަދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 9, 2025, 05:45 AM
މާލެ ސިޓީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ހޯލްސޭލް ވިޔަފާރި ނުކުރެވޭ ގޮތަށް ސަރުކާރުން އިސްލާހު ގެނެސްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް މިއަދު ޝާއިއުކޮށްފިއެވެ.

Advertisement

އިގުތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި އެ އިސްލާހުތަކަކީ، ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިގްތިސާދީ ސިނާއަތްތައް ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް އިންވެސްޓަރުންނަށް ފުރުސަތު ފަހިވާނެ ގޮތަށް ގެނެވިފައިވާ އިސްލާހުތަކެއް ކަމަށެވެ.

އެ ވުޒާރާއިން މިއަދު ޝާއިއުކުރި މި އެންޓްރީ ރިކުއަރމަންޓްސްގައި ބުނެފައިވާ ވާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗަރު އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވެއެވެ.

ދާއިރާތައް ބެހިފައިވާގޮތް:

ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތައް
ޖޮއިންޓް ވެންޗަރ އުޞޫލުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ދާއިރާތައް
ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުން މަނާ ދާއިރާތައް

މި ދާއިރާތައް އިސްލާހުކުރުމުގައި ޤައުމީ ސަލާމަތަށް ކޮށްފާނެ އަސަރާއި، ޑޮމެސްޓިކް މާކެޓްގެ ވާދަވެރިކަމަށް ކޮށްފާނެ އަސަރު، އަދި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރަށް ވަނީ ރިޢާޔަތްކުރެވިފައެވެ. މީގެއިތުރުން، އިންސާނީ ވަސީލަތް ތަރައްޤީވެފައިވާ މިންވަރާއި، ވަޒީފާގެ ފުރުސަތުތައް އުފެދޭނެ މިންވަރަށްވެސް ވަނީ ބެލިފައެވެ.

މި ޤާނޫނުގެ ދަށުން، ރާއްޖޭގައި މިހާރު ރީޓެއިލް ވިޔަފާރި ކުރާ ބޭރު މީހުންނަށް އެފަދަ ވިޔަފާރި ނުކުރެވޭނެ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އައު އުސޫލުތަކުގެ ދަށުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ލޮޖިސްޓިކްސްގެ ހިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ވަނީ ދިވެހީންނަށް ހާއްސަކުރެވިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved