February 27, 2026
Advertisement
އެފްޓީއޭ ޕްރޮމޯޓު ކުރާ އަނާ ވަނީ އިސްލާމްދީނަށް ކުޑައި މީސްކޮށްފައި
އެފްޓީއޭ ޕްރޮމޯޓު ކުރާ އަނާ ވަނީ އިސްލާމްދީނަށް ކުޑައި މީސްކޮށްފައި / ތޭރަގްރެފިކްސް

ސަރުކާރުގެ ޕްރޮމޯޝަން ވީޑިއޯތަކުގައި ފެންނަ އަންހެނަކު އިސްލާމްދީނަށް ކުޑައިމީސްކޮށް ވާހަކަ ދައްކައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 3, 2025, 09:10 PM
މާލެ ސިޓީ

ސަރުކާރުގެ ޕްރޮމޯޝަން ވީޑިއޯތަކުގައި ފެންނަ އަންހެނަކު އިސްލާމްދީނަށް ކުޑައިމީސްކޮށް ވާހަކަ ދައްކައިފިއެވެ.

Advertisement

ޓިކްޓޮކުގައި އަނާ ނަސީމުގެ ނަމުގައި ޕޯސްޓު ކުރާ އެ އަންހެން މީހާއަކީ ސަރުކާރުގެ ފްރީ ޓްރޭޑް ވިޔަފާރީގެ ޕްރޮމޯޝަނަލް ވީޑިއޯތަކުގައި ހަރަކާތްތެރިވާ މީހެކެވެ.

އޭނާ ވަނީ އޭނާގެ ޓިކްޓޮކުގައި އިސްލާމް ދީނަށާ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ވެސް ކުޑައިމީސްވާ ގޮތަށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ނަމާދު ކޮށްެގެން ހުރިހާ ކަަމަކަށް ހައްލު ލިބޭނެ ކަމަށް ދީނުގައި އޮންނަ އޮތުމަށް ޖަހޫ ޖަހާ އަދި އެކަމާ މެދު ސުވާލު އުފައްދާފައެވެ.

އަނާ ނަމަކަށް ކިޔާ އެ އަންހެން ބުނެފައިވާ ގޮތުގައި ނަމާދުކޮށްގެން ބަލި ބައްޔަށް ޝިފާ ލިބޭނަމަ ޑޮކްޓަރުންނާ ބޭސްތަކުގެ ބޭނުމަކީ ކޮބައިތޯއާ ނަމާދަކީ ހުރިހާ ކަމެއްގެ ހައްލޭ ބުނާ ބުނުމުގެ އަސްލާ މެދުވެސް ސުވާލު އުފައްދާ ޓިކްޓޮކު ލައިވެއްގައި ވާހަކަ ދައްކާފައެވެ.

އަނާ ބުނާ ގޮތުގައި ދުއާއަކުން ހުރިހާ ކަމެއް ފުރިހަމަ ނުވާނެ ކަމަށާ ކޮންމެ މީހަކަށްވެސް ބުނެވޭނީ އެމީހެއްގެ އަމިއްލަ ހިޔާލު ކަމަށާ އެހެން މީހުންގެ ހިޔާލު ބަދަލުކުރުމަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ.

އޭނާ ބުނާ ގޮތުގައި ލަފާ ދިނަސް ނަމާދުކޮށްެގެން ހުރިހާ ކަމެއް ހައްލު ވާނެ ކަމަށް ނުބުނެވޭނެ ކަމަށެވެ.

އެހެންކަމުން އިސްލާމު ދީނު ހިމާޔަތްކުރަން އައި މި ސަރުކާރު ޕްރޮމޯޓުކުރަން ނެރެފައި ތިބެނީ އިސްލާމް ދީނާ ހިލާފު ރައުޔު ގެންގުޅޭ މީހުން ކަމަށް ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ.

ނިމިދިޔަ ސަރުކާރުގައި މިފަދައިން ދީނަށް ހަޖޫ ޖަހާ ފުރައްސާރަކޮށް އުޅުނު ދިވެހިންތަކެއް އުޅުނު ނަމަވެސް އެއިން މީހަކަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. އަދި ލާދީނީ ޖަމްއިއްޔާ އެމްޑީއެންގެ ވެރިންނާ މެދުވެސް އަދިވެސް ފިޔަވަޅެއް އެޅިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved