February 23, 2026
Advertisement
ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު އަލީ
ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު އަލީ / ފޭސްބުކް

ޑިވެލޮޕްމެންޓް ބޭންކް އޮޕަރޭޝަނަށް ނާންނަނީސް އިތުރު ވެރިއަކު އިސްތިއުފާދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 24, 2025, 04:16 PM
މާލެ ސިޓީ

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ނުފެށި އުޅެނިކޮށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާދެއްވައިފަ ވަނިކޮށް އަނެއްކާ ވެސް އެތަނުން އިތުރު ވެރިއަކު އިސްތިއުފާ ދެއްވައިފި އެވެ.

Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން މިއަދު ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، އިއްޔެ, އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ކުރިން މީރާގެ އިސް މަގާމުތައް އަދާކުރެއްވި އަހުމަދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.

ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޮކްޓޯބަރު 13، 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ވެސް ކުރުމަށް ފަހުއެވެ.

ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް ނޮވެމްބަރު 16، ގައި ޑީބީއެމްގެ އޮފީހެއް މާލެގައި ހުޅުވި ނަމަވެސް އެ އޮފީސް އޮޕަރޭޝަންސްއަށް އައުން ލަސްވުމާ ގުޅިގެން އަމާޒުވާން ފެށި ފާޑުކިޔުމަށް ރައްދު ދެއްވާ އިކޮނޮމިކު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ނޮވެމްބަރު މަހު ބޭންކުގެ އޮފީސް ހުޅުވީ ވަގުތުން ހިދުމަތް ދޭން ފަށާ ގޮތަކަށް ނޫން ކަމަށެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުން ނަމަ މި ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގައި މިހާރަށްވުރެ މާލުއި ގޮތްތަކެއް ފަހިވެގެން ދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved