theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ސޯޝަލް މީޑިއާ
ހަބަރު
މިދިޔަ ހަފުތާގައި ސްކޭމްތަކުގައި 3 ލައްކަ ރުފިޔާ ގެއްލުނު!
Yana Shareef
ޔާނާ ޝަރީފް
09 އޮކްޓޯބަރު 2025

މިދިޔަ ހަފުތާގައި ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު ތިން ލައްކަ ރުފިޔާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ވަނީ މިދިޔަ ހަފުތާގައި އެ މުއައްސަސާގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި ސްކޭމްގެ މައްސަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެގޮތުން، މިދިޔަ މަހު 28އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ޖުމުލަ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 221،242.33 ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.

މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ---- ފޮޓޯ/ ފުލުހުން

މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަތަކެވެ. އެ ބާވަތުގެ 19 މައްސަލައެއް ހުށަހެޅިއިރު، އިމްޕާސަނޭޝަންގެ ހަތް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ކަރަންސީ އެކްސްޗޭންޖުގެ ހަ މައްސަލައަކާއި އެހެނިހެން ހަތް މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި، ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ ތިން މައްސަލައެއް މިދިޔަ ހަފުތާގައި ރިޕޯޓުކުރިއެވެ.

ތަފާސްހިސާބުން އެނގޭ ގޮތުގައި، އެ މައްސަލަތަކުގައި ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި، ފޯންކޯލާއި އައިބޭއާއި އޮންލައިން މެސެޖިން މަންސަތަކާއި ފިޝިން ލިންކުތަކުގެ އިތުރަށް ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved