April 9, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

ރަހީނުކޮށްފައިވާ ފަލަސްތީނުގެ ލީޑަރުން ދޫކޮށްލަން ގޮވާލައިފި

Yana Shareef
ޔާނާ ޝަރީފް
Oct 12, 2025, 04:29 AM

ޔަހޫދީން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އިސް ލީޑަރުން، އެއްބަސްވުމާ އެއްގޮތަށް ދޫކޮށްލުމަށް ހަމާސްއިން އިސްރާއީލަށް ގޮވާލައިފިއެވެ.

Advertisement

ޣައްޒާގެ ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި، އިސްރާއީލުގެ ޖަލުތަކުން 250 ފަލަސްތީނުގެ ރައްޔިތުން ދޫކުރުމަށް ނިންމާފައިވީނަމަވެސް، ހަމާސް އިން ބޭނުންވާ ފަރާތްތައް އެ ލިސްޓުގައި ހިމަނާފައިނުވާތީ އެކަމާ ހަމާސްއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އިސް ލީޑަރުންނާއި ހަމާސްގެ ލިސްޓުގައިވާ ރަހީނުން މިނިވަން ކުރުމަށް ގޮވާލާފައެވެ.

އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީން ދޫކުރި 250 ރަހީނުންގެ ލިސްޓުގައި، ފަލަސްތީނުގެ މަޝްހޫރު ދިފާއީ ލީޑަރުން ކަމަށްވާ މަރްވާން ބަރްޣޫތީ އާއި އަހުމަދު ސައާދަތު ފަދަ ހަތް ބޭފުޅެއްގެ ނަން ހިމަނާފައިނުވާތީ، ހަމާސް އިން ދަނީ އެ ބޭފުޅުން ދޫކޮށްލުމަށް ގޮވާލަމުންނެވެ. އެ ބޭފުޅުންނަކީ އިސްރާއީލުގައި ހިންގާފައިވާ ވަކިވަކި ހަމަލާތަކުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒުކުރަމުންދާ ބޭފުޅުންނެވެ. އެހެންނަމަވެސް، ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި މި ބޭފުޅުންނަކީ ދިފާއީ ލީޑަރުންގެ ރަމްޒެއްގެ ގޮތުގައި ދެކެމުން އަންނަ ބޭފުޅުންނެވެ.

އެއްބަސްވުމުގެ ދަށުން، ހޯމަ ދުވަހު މެންދުރު 12:00ގެ ކުރިން 20 އިސްރާއީލު ރަހީނުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved